Roadha Mihaaru
ގާސިމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަސް ދީފި

ގާސިމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަސް ދީފި

13 ސެޕްޓެމްބަރ 2017

ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތަށް އިތުރު 10 ދުވަސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ހަމަޖައްސައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތަށް އިތުރު 10 ދުވަސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ހަމަޖައްސައިފި އެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ހާލު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދެވުމަށް ކަރެކްޝަންސްއިން އެންމެ ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ނިންމީ، ލިބިފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު ކަމަށެވެ.

ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެ، ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރުމަށް، އޭނާ ބެއްލެވި ސިންގަޕޫރުގެ ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. އަދިި ހޮސްޕިޓަލްގައި އެޑްމިޓް ނުކުރެވި ވަނީ ސިންގަޕޫރުގައި ހުންނަން އޭނާ އަށް ދީފައިވާ މުއްދަތުގައި އެކަން ނުކުރެވޭނެތީ އާއި ދިގު މުއްދަތުގެ ފަރުވާއަށް އެ ގައުމުގައި މަޑުކުރަން ޖެހޭނެތީ ކަމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ.

ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް މިއަދު ގާސިމް އަލުން ބެއްލެވުމަށް ފަހު ދެއްވި ލިޔުމެއްގައި ވިދާޅުވީ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވުމުން، ވީހާވެސް އަވަހަކަށް އޭނާގެ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ.

ގާސިމް މިހާރު ހުންނެވި ހާލަތުން ހާޓް އެޓޭކެއް ނުވަތަ ކުއްލިއަކަށް މަރުވުމުގެ ރިސްކު އޮތުމުން ސިންގަޕޫރުގައި ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރަން ޑޮކްޓަރު ޗުން ލެންގް ވަނީ ލަފާ ދެއްވާފަ އެވެ.

އޮޕަރޭޝަން ލަސްކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެތީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން ކަރެކްޝަންސްއަށް ކުރިން ފޮނުވި ސިޓީގެ ޖަވާބުގައި އެތަނުން ކުރިން އެންގީ އެކަން ނުކޮށްދެވޭނެ ކަމަށެވެ.

އިތުރު 10 ދުވަސް ގާސިމްގެ ބޭސްފަރުވާއަށް މި ދިނީ އާއިލާގެ ސިޓީއާ ގުޅިގެން ކަރެކްޝަނުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އޭނާގެ ވަކީލުން އެދިފައި ވަނިކޮށެވެ،