Roadha Mihaaru
މުއްދަތު އިތުރުކޮށް ނުދީ، ގާސިމް އަންނަން އަންގައިފި

ގާސިމްގެ ފަރުވާގެ މުއްދަތު އިތުރެއްނުކޮށްދިން، އެނބުރި ވަޑައިގަންނަވަން އަންގައިފި

24 ސެޕްޓެމްބަރ 2017

ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސްއި ން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސްއި ން އަންގައިފި އެވެ.

ގާސިމް މިވަގުތު އޮންނެވީ ހިތުގެ އޮޕަރޭޝަނެއް ކުރައްވައިގެންނެވެ. އެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެންމެ ފަހުން އިތުރުކޮށްދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަންނަވަން އަންގާފައިވާ ކަމަށެވެ.

އެމުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

ގާސިމްގެ ބޭސްފަރުވާއަށް ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އަދި މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ.

ކަރެކްޝަންސްގެ އެންމެ ފަހު ނިންމުމާ ގުޅޭ ގޮތުން ގާސިމްގެ ވަކީލުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ހާލުކޮޅު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަން ކަރެކްޝަންސް އިން އެންމެ ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވީ މި މަހު 16 ވަނަ ދުވަހަށެވެ. އޭގެ ފަހުން އަނެއްކާ ވަނީ 10 ދުވަސް ދީފަ އެވެ.