Roadha Mihaaru
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި

ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި

06 ސެޕްޓެމްބަރ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދިނުމާއެކު މިރޭ ފުރާވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދިނުމާއެކު މިރޭ ފުރާވަޑައިގެންފި އެވެ.

އެ އިދާރާގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި ގާސިމަށް އިތުރު ފަރުވާ ދިނުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށްޓަކައި ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެ ހުއްދައާ އެކު ގާސިމް ސިންގަޕޫރަށް މިރޭ ފުރާވަޑައިގަތީ ޓްރެވެލް ޑޮކިއުމެންޓެއްގެ ދަށުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން މިދިނީ، އޭނާ އަށް ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި އަދިއެއް ނުފަށަ އެވެ.

ގާސިމް މިރޭ ފުރާވަޑައިގަތުމަށްޓަކައި އެމްބިއުލާންސަށް އަރާވަޑައިގަތުމަށް އައިޖީއެމްއެޗުގައި ފުރޮޅުލީގޮނޑިއެއްގައި ގެންދަނީ.

ގާސިމް މިރޭ ފުރާވަޑައިގަތުމަށްޓަކައި އެމްބިއުލާންސަށް އަރާވަޑައިގަތުމަށް އައިޖީއެމްއެޗުގައި ފުރޮޅުލީގޮނޑިއެއްގައި ގެންދަނީ.

ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ، އޭނާއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ފަހުގެ އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. އޭނާ އެ ދުވަހު އައިޖީއެމްއެޗަށް ގެންދިއުމުން، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.

ގާސިމް މިރޭ ފުރާވަޑައިގަތުމަށްޓަކައި އެމްބިއުލާންސަށް އަރާވަޑައިގަތުމަށް އައިޖީއެމްއެޗުގައި ފުރޮޅުލީގޮނޑިއެއްގައި ގެންދަނީ.

ގާސިމް މިރޭ ފުރާވަޑައިގަތުމަށްޓަކައި އެމްބިއުލާންސަށް އަރާވަޑައިގަތުމަށް އައިޖީއެމްއެޗުގައި ފުރޮޅުލީގޮނޑިއެއްގައި ގެންދަނީ.

ގާސިމްގެ ޓެސްޓުތަކެއް ހެދުމަށް ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން މިދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތާ ޚިލާފަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. ސިއްހީ ހާލަތު ގޯސްވެ ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި ވަނިކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންނަވަރު ކްރިމިނަލް ކޯޓުން އޭނާ ޖަލަށް ލާން ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމުންނެވެ.

ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރާ ގޮތަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމައިފަ އެވެ.