Roadha Mihaaru
އެލައިޑުން 4.2 މިލިއަން ދޫކޮށްފި

އެލައިޑުން ހަތަރު ދުވަހުގެ ތެރޭގައި 4.2 މިލިއަން ރުފިޔާ ދޫކޮށްފި

15 ސެޕްޓެމްބަރ 2017

އެލައިޑު އިންޝުއަރެންސް އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު ދުވަހުގެ ތެރޭގައި 4.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. މިއީ ބަދަލުގެ ގޮތުގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ފަހަކަށް އައިސް އެލައިޑުން ދޫކުރި ފުރަތަމަ ފަހަރެވެ.

އަލީ ޝިނާން އަލީ ޝިނާން

އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ އެންމެ ގިނައިން ފައިސާ ދޫކުރީ ހެލްތް އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް ކަމަށެވެ.

ނިއުޝާދު ވިދާޅުވީ ބަދަލުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ދޫކުރީ މި މަހުގެ 10-14 އަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން ބޭއްވި ހަފްލާގައި، އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން ބޭއްވި ހަފްލާގައި، އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެލައިޑުން ގެންދަނީ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރާ ވަރު ކޮންމެ ހަފުތާއަކު ވެސް އިއުލާން ކުރަމުންނެވެ. ނަމަވެސް މިހާ ބޮޑެތި އަދަދުތަކެއް އާންމުކޮށް ދުލެއް ނުކުރެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދީފައި ވަނީ މިދިޔަ މޭ މަހުގެ 7-11 އަށެވެ. އެ މުއްދަތުގައި 5.5 މިލިއަން ރުފިޔާ ދޫކުރި އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ހެލްތު އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް ދޫކުރި ފައިސާ އެވެ.

އެލައިޑުން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އިންޝުއަރެންސްގެ ޖުމްލަ އަގު ވަނީ 120 މިލިއަން ޑޮލަރަށް (1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.