18 ސެޕްޓެމްބަރ 2017
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދޭނެ ހަދިޔާގެ ބާވަތްތައް ކަނޑައެޅުމުގެ ބާރު ޖެންޑާ މިނިސްޓްރީ އަށް ލިބޭ ގޮތަށް އުސޫލެއް ގެެޓުކޮށްފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދޭނެ ހަދިޔާގެ ބާވަތްތައް ކަނޑައެޅުމުގެ ބާރު ޖެންޑާ މިނިސްޓްރީ އަށް ލިބޭ ގޮތަށް އުސޫލެއް ގެެޓުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި އެ ކުދިން ތިބޭ މަރުކަޒުތަކަށް ހަދިޔާ ދިނުމާއި ބަލައިގަތުމާ ބެހޭ އުސޫލު" ބުނާގޮތުން ދައުލަތުން ބަލަހައްޓާ ކުދިންނަށް ދެވޭނެ ހަދިޔާގެ ބާވަތްތަކާއި ވައްތަރުތަކާއި އަދި އަދަދު ވެސް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީންނެވެ.
ހަދިޔާގެ ގޮތުގައި ދެވޭނެ ބާވަތްތަކުގެ ލިސްޓެއް، ހަދިޔާ ދޭން ބޭނުންވާ މީހުންނަށް މިނިސްޓްރީން ދޭންޖެހޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.
ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދޭނެ ހަދިޔާ މީގެ ކުރިން ނިންމަނީ، އެ ހަދިޔާ ދޭ ފަރާތަކުންނެވެ. އެކަމަށް ޖެންޑާ މިނިސްޓްރީގެ އެއްވެސް ބަހެއް ހޯދާކަށް ނުޖެހެ އެވެ.
އެކަމަކު އެ މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން، ދައުލަތުން ބަލަހައްޓާ ކުދިންނަށް ހަދިޔާގެ ގޮތުގައި ދެން ދެވޭނީ ލިސްޓުގައި ހިމަނާފައިވާ ތަކެއްޗެވެ. އެ ލިސްޓުގައި ނުހިމެނޭ އެއްޗެއް ހަދިޔާގެ ގޮތުގައި ދޭން ބޭނުންނަމަ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ހަދިޔާ ކުރެވޭނެ ކަމަށް ވެސް ބުނެ އެވެ.
ހަދިޔާ ދޭ ފަރާތުގެ އަތުން ކުދިންގެ އަތަށް އެއްވެސް ހަދިޔާއެއް ނުދެވޭނެ ކަމަށާއި އެ ކުދިންނަށް ދޭ ހަދިޔާ ހަވާލުކުރަންޖެހޭނީ، ޖެންޑާ މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ މަރުކަޒަކަށް ކަމަށް ވެސް އެ އުސޫލުގައި ބުނެ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް، އެ ކުދިންނަށް ހަދިޔާ ދީ ހަދަ އެވެ.
އުސޫލުގައި ބުނާގޮތުން ދައުލަތުން ބަލަހައްޓާ ކުދިންގެ އާއިލާގެ ފަރާތުންނާއި އާއްމުންގެ ފަރާތުން ހަދިޔާ ދޭނަމަ ޖެންޑާ މިނިސްޓްރީއަށް ފޯމެއް ހުށަހަޅަންޖެހެ އެވެ. އަދި ފޯމު ހުށަހެޅުމުން ތިން ދުވަސް ތެރޭގައި އެކަމުގެ ޖަވާބެއް މިނިސްޓްރީން ދޭންޖެހޭނެ ކަން އުސޫލުގައި ފާހަގަކޮށްފައި ވެ އެވެ.
"އާއިލާގެ ފަރާތުން އެއްވެސް ބާވަތެއްގެ ހަދިޔާއެއް ކުއްޖާގެ އަތަށް ދިނުމަކީ ނުވަތަ ކުއްޖާއާ ހަވާލުކުރުމަކީ މަނާ ކަމެކެވެ. ހަދިޔާ ދިނުމުގެ ހުއްދަ މިނިސްޓްރީން ލިބުމާއެކު، ކުއްޖާއަށް ރައްދުކުރުމަށް ހަދިޔާ ހަވާލުކުރަންވާނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ މަރުކަޒަކަށެވެ،" އުސޫލުގައި ބުނެފައި ވެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ދެ މަރުކަޒެއްގައި ޖުމުލަ 156 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ. އެއީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 12 އަހަރުން ދަށުގެ 96 އަދި ވިލިމާލެ ހިޔާގައި 12 އަހަރުން މަތީގެ 60 ކުދިންނެވެ.
ސަރުކާރުން އަންނަނީ ދައުލަތުން ބަލަހައްޓާ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދައުލަތުން ބަލަހައްޓާ ކުދިންގެ ބެލެނިވެރިން ސަރުކާރުގެ ވަޒީފާގައި އުޅޭ ނަމަ ފިޔަވަޅު އެޅުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ.
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ބަޔާން ނަގަނީ
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ކުދިން އުޅޭ ގޮތް ބެލުމަކީ އިތުރަށް ޓްރިގާ ވާނެ ކަމެއް
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދީފި
ޒެނީޝާ އީދު ފާހަގަކުރެއްވީ ކުޑަކުދިންނާއެކު ސިނަމާގައި
ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ދިރާގުގެ ހިދުމަތް ހިލޭ
ކުއްޖަކާ މެދު އަމަލުކުރިގޮތުން މުވައްޒަފަކު ސަސްޕެންޑް
ޝުޖާއުގެ މަސައްކަތް ސަރުކާރަށް ހަޖަމެއް ނުވި