ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވާ ޓީމުތަކަށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖާޒީގެ އިތުރުން ފައިސާގެ ބޮޑެތި އެހީތަކެއް ވެސް ދޭން ހަމަޖައްސައިފި އެވެ.
21 ސެޕްޓެމްބަރ 2017
ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވާ ޓީމުތަކަށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖާޒީގެ އިތުރުން ފައިސާގެ ބޮޑެތި އެހީތަކެއް ވެސް ދޭން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރު އީދުގައި އޮންނާނީ ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި އަންހެނުންނަށް ހާއްސަ ވޮލީ މުބާރާތެކެވެ. ޕީޕީއެމުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ތިން ސެޓް ޖާޒީ ދޭނެ އެވެ. އެއީ ހޯމް ކިޓަކާއި އަވޭ ކިޓަކާއި އޮފިޝަލް ކިޓެކެވެ. އަދި ފައިސާގެ އެހީ ވެސް ދޭނެ އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 15،000ރ.، ޒޯން މުބާރާތުގެ ކޮންމެ ޓީމަކަށް 50،000ރ. އަދި ފައިނަލަށް ދާ ކޮންމެ ޓީމަކަށް 100،000ރ. ދޭން ވަނީ ހަމަޖައްސައިފަ އެވެ.
ކޮންމެ މުބާރާތެއްގައި 199 ޓީމަށް ފުރުސަތު ދޭން ނިންމާފައި ވާއިރު، ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މި ފިއެސްޓާގައި ހިމެނެނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކެވެ. އެގޮތުން އަތޮޅު މުބާރާތްތަކުގެ ޗެޕްމިއަނުން ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. މާލެއާ އެކު ފިއެސްޓާ ހަ ޒޯނަކަށް ބަހާލާފައިވާއިރު ފައިނަލް މެޗުތައް ކުޅޭނީ މާލޭގަ އެވެ.
ޗެމްޕިއަން ޓީމަށް 50،000ރ.، ރަނަރަޕް ޓީމަށް 30،000ރ.، ފެއާޕްލޭ ޓީމަށް 20،000ރ.
ޗެމްޕިއަން ޓީމަށް 100،00ރ.، ރަނަރަޕް ޓީމަށް 75،000ރ.، ފެއާޕްލޭ ޓީމަށް 50،000ރ.
ޗެމްޕިއަން ޓީމަށް 200،000ރ.، ރަނަރަޕް ޓީމަށް 150،000ރ.، ފެއާޕްލޭ ޓީމަށް 75،000ރ.
ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާ މި މުބާރާތުގައި ކްލަބު ޖަމިއްޔާތަކުގެ ނަމުގައި ބައިވެރިއެއް ނުވެވެ އެވެ. މުބާރާތް ތަމްސީލްކުރެވޭނީ ރަށުގެ ނަމުގައި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
މިއީ ތިން މަސް ދުވަހަށް ދިގު ދެމިގެންދާ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން، ރާއްޖޭގައި ތިބި ކުޅިވަރަށް ލޯބިކުރާ ގިނަ ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ރާޅާ އަޅާ މީހުންނަށް ތަނބުރުދޫ ތަރައްގީކުރަނީ
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި