Roadha Mihaaru
ރެޑްބުލް ގޭމް އޮން: ދެ ބައިވެރިއަކު ގައުމީ ފައިނަލަށް

ރެޑްބުލް ގޭމް އޮން ފޯރިއާ އެކު ކުރިއަށް، ދެ ބައިވެރިއަކު ގައުމީ ފައިނަލަށް

30 ޖޫން 2016

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ފަރާތުން ބާއްވާ ޕީއެސް 4 ފީފާ ފުޓްބޯޅަ މުބާރާތް "ރެޑްބުލް ގޭމް އޮން" ގެ މާލޭ ބުރުން ގައުމީ ފައިނަލަށް އަލީ ރާއިދާއި ހުސެއިން ނާއިޝް ފަޒީލް ދަތުރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ފަރާތުން ބާއްވާ ޕީއެސް 4 ފީފާ ފުޓްބޯޅަ މުބާރާތް "ރެޑްބުލް ގޭމް އޮން" ގެ މާލޭ ބުރުން ގައުމީ ފައިނަލަށް އަލީ ރާއިދާއި ހުސެއިން ނާއިޝް ފަޒީލް ދަތުރުކޮށްފި އެވެ.

ރާއިދު ކޮލިފައިވީ ހުރިހާ މެޗަކުން މޮޅުވެ، ފައިނަލުގައި އަލީ އިޝާދުއާ ވާދަކޮށް 3-2 އިން މޮޅުވެގެންނެވެ. ނާއިޝް ކޮލިފައިވީ ރޭ ކުޅުނު ދެ ވަނަ ބުރުގެ ފައިނަލް މެޗުގައި މުހައްމަދު އަކްސަމް ވަލީދު އަތުން ޕެނަލްޓީ ޖަހައިގެން 4-0 އިން މޮޅުވެގެންނެވެ.

"ދަންވަރު އެއްކޮށް ހޭލާ ހުރިން ޕްރެކްޓިސްކުރަން. އޭގެ ބަދަލު މި ލިބުނީ،" ފައިނަލަށް ދިޔަ ނާއިޝް ބުންޏެވެ.

ރެޑްބުލް ގޭމް އޮންގެ މެޗުތައް ކުރިއަށް ދަނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

ރެޑްބުލް ގޭމް އޮންގެ މެޗުތައް ކުރިއަށް ދަނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

"ވަރަށް ސަޅި އަސްލު މުބާރާތުން މޮޅުވީމާ. ދެން ފައިނަލަށް ރެޑީ ވުން އޮތީ،" ރާއިދު ބުންޏެވެ.

ރެޑްބުލް ގޭމް އޮންގެ ކޮލިފައިންގެ ތިން ބުރެއް މާލޭގައި ކުޅޭނެ އެވެ. ދެން ކޮލިފައިން އޮންނާނީ ހުޅުމާލެ، ކ. ކާށިދޫ އަދި ކ. މާފުށީގަ އެވެ. މި ބުރުތަކުން ކޮލިފައިވާ ކުޅުންތެރިންގެ މެދުގައި ކުޅޭ ގައުމީ ފައިނަލް އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހު މާލޭގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަނަށް 10،000ރ. އާއި ރީފްސައިޑުން ދޭ 49 އިންޗީގެ އެލްޖީ ޓީވީއަކާއި ޕްލޭސްޓޭޝަން – 4 ލިބޭނެ އެވެ. އަދި ދެ ވަނަ އަށް 5000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މުބާރާތުގެ އިލެކްޓްރޯނިކްސް ޕާޓްނަރަކީ ރީފްސައިޑް އަދި LG ޓީވީ އެވެ.

ރެޑްބުލް ގޭމް އޮންގެ މެޗުތައް ކުރިއަށް ދަނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

ރެޑްބުލް ގޭމް އޮންގެ މެޗުތައް ކުރިއަށް ދަނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

ރެޑްބުލް އިން ވަނީ މި މުބާރާތަށް ހާއްސަ ގަވާއިދުތަކެއް ހަދައިފަ އެވެ. ފޯމޭޝަން ހެދުމަށް ދެ މިނެޓު ލިބޭއިރު ކޮލިފައިންގައި މެޗު ކުޅޭނީ އަށް މިނެޓަށެވެ. ފައިނަލް ކުޅޭނީ 10 މިނެޓަށެވެ. މެޗް ކުޅޭއިރު ކޮންމެ ބައިވެރިޔަކަށް ޓައިމް އައުޓް ނެގޭނީ ގިނަވެގެން 4 ފަހަރެވެ. މީގެ އިތުރުން އަނެއް ކުޅުންތެރިޔާގެ އަތުގައި ބޯޅަ އޮއްވާ ގޭމް ޕައުސްކޮށްފި ނަމަ ފުރަތަމަ ފަހަރު އިންޒާރު ދިނުމަށް ފަހު ދެ ވަނަ ފަހަރު ޑިސްކޮލިފައިކުރާނެ އެވެ.