ދިރާގުން ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ހާއްސަ ޓީވީގެ ހިދުމަތް ދޭން ނިންމައިފި އެވެ.
ދިރާގުން ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ހާއްސަ ޓީވީގެ ހިދުމަތް ދޭން ނިންމައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ ދާދި ފަހުން ބޭއްވި ގެސްޓް ހައުސް ކޮންފަރެންސްގައި އެ ޓީވީގެ ހިދުމަތް ދައްކާލާފައިވާ ކަމަށެވެ. ނަމަވެސް އެ ހިދުމަތުގެ ތަފުސީލެއް އަދި އެ ހިދުމަތުގެ އަގުތަކެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ދިރާގުން ވަނީ އެ ހިދުމަތުގެ އިތުރުން ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅުތަކެއް ވެސް ގެސްޓް ހައުސްތަކަށް ބަހާފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކޮތަޅުތައް ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް ބެހުމަށް ދިރާގުން ވަނީ ނިންމައިފަ އެވެ.
ދިރާގުން އަންނަނީ ގެސްޓް ހައުސްތަކަށް ފަސޭހައިން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވެސް އެކި ރަށްރަށަށް ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން "ގެސްޓް ހައުސް އިންޓަނެޓް"ގެ ނަމުގައި އިންޓަނެޓްގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގުން ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސަ ޕްލެޓްފޯމެއް
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް
ގެސްޓްހައުސް ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު
ދިރާގުން ގެސްޓް ހައުސްތަކަށް އިންޓަނެޓް ހިދުމަތް ދެނީ
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސައީ މަސްވެރިކަމަށް
ބާބާ ގާޑިޔާގެ ޝަވަރުމާ، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގުން "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި
ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ