Roadha Mihaaru

ދިރާގު ޕޭއިން މިފަހަރު 1ރ. އަށް މެލްޓްޒްގެ ވޮފުލްއެއް

ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ. އަށް އެކި ބާވަތްތައް ގަނެވޭ ގޮތަށް ހިންގާ ޕްރޮމޯޝަންގައި މެލްޓްޒްގެ ވޮފުލް ގަނެވޭ ގޮތް ހަދައިފި އެވެ.

ދިރާގު ޕޭއިން މެލްޓްޒްގެ ވޮފުލްއެއް 1ރ. އަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 ޑިސެމްބަރ 2025

ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ. އަށް އެކި ބާވަތްތައް ގަނެވޭ ގޮތަށް ހިންގާ ޕްރޮމޯޝަންގައި މެލްޓްޒްގެ ވޮފުލް ގަނެވޭ ގޮތް ހަދައިފި އެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މެލްޓްޒްގެ ތިން ކެފޭ ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް އަދި މެލްޓްޒް ކްރަމްބަލްގައި 1ރ. އަށް ދިރާގު ޕޭ މެދުވެރިކޮށް ވޮފުލް ގަނެވޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10 އިން ފެށިގެން ފުރަތަމަ 500 ކަސްޓަމަރުން ހަމަވަންދެނެވެ.

ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި ދިރާގުޕޭ އަށް އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަމުގައި ބައިވެރިވެވޭނެ އެވެ. ދިރާގު ޕޭއާ ގުޅުމަށް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.

ދިރާގުޕޭ އިން މިދިޔަ ހަފްތާގައި ވަނީ ބާބާ ގާޑިޔާއާ ގުޅިގެން ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ކުރިން 1ރ. އަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވެެސް ކުރިއަށް ގެންދިޔަ އެވެ.

ދިރާގު ފިންޓެކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގު ޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. ދިރާގު ފިންޓެކުން ދޭ އޮފާތައް ދިރާގު ޕޭއަށް ރަޖިސްޓްރީކޮށްގެން ލިބޭނެ އެވެ.

ދިރާގު ޕޭއަށް ރާއްޖޭގެ ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރެއް ގެންގުޅޭ ފަރާތަކަށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.