Roadha Mihaaru
މުލިއާގެ ކައިރި ބޮން ބޭއްވި މީހުންނަށް ބޮޑު ހުކުމެއް

މުލިއާގެ ކައިރީގައި ބޮން ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް، ބާކީ ތިން މީހުން 17 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

30 ޖޫން 2016

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް އިތުރު ތިން މީހަކު 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް އިތުރު ތިން މީހަކު 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަމިއްލައަށް ހަދާފައިވާ ބޮމެއް މުލިއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ފިއުލް ޓޭންކް މަތީގައި ބޭއްވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ ތެރެއިން 20 އަހަރުގެ ޖަލު ހުކުމެއް އައީ ހއ. ހޯރަފުށީ އާރޯ، މުހައްމަދު މަމްދޫހުގެ މައްޗަށެވެ.

ބާކީ ތިބި ތިން މީހުން ކަމަށްވާ މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ ޒިހާން އަހުމަދާއި ހ. މިޓާޒް ތަލްއަތު މުހައްމަދަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެވެ. އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ.

އެ މީހުންގެ ޝަރީއަތް ހިންގާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ނުވާތީ މާ ބޮޑު ތަފްސީލްތަކެއް ނުލިބެ އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެ ހަތަރު މީހުން ބައިވެރިވެގެން އެ ގޮވާ އެތި އެތަނުގައި ބޭއްވިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.

އެ ގޮވާ އެތި ފެނުމުން ސިފައިން ވަނީ ރައްކާތެރިކަމާ އެކު ހުސް ބިމަކަށް އޭތި ގެންގޮސް ނުގޮވާ ގޮތަށް ހަދައިފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެ ގޮވާ އެތި ބާއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން ކަމަށެވެ.

ސިފައިން ބުނެފައިވާ ގޮތުގައި އެ ގޮވާ އެތި ގޮއްވާލައިފި ނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ ކަމަށެވެ.