ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވާދަވެރި ޗެލްސީ އަތުން 1-0 އިން މޮޅުވުމުން ދެ އުފަލެއް ލިބުނު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
01 އޮކްޓޯބަރ 2017
ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވާދަވެރި ޗެލްސީ އަތުން 1-0 އިން މޮޅުވުމުން ދެ އުފަލެއް ލިބުނު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ރޭގެ މޮޅާ އެކު ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި މަގާމު ދަމަހައްޓައިފަ އެވެ. އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި 14 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު، ޗެލްސީ ހަތަރު ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކުރިން ޗެލްސީ އަށް ކުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.
"މިއީ ވަރަށް މުހިއްމު މޮޅެއް. އެއީ އަހަރެމެންނަށް އެނގޭ މިދިޔަ ސީޒަނުގައި ޗެލްސީ ހޯދި ކާމިޔާބީ. އެ ޓީމުގެ ފެންވަރު އެނގޭ. މި މޮޅާ އެކު އަހަންނަށް ލިބޭ ދެ އުފަލެއް އެބައޮތް. އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަން އަތުން މޮޅެއް ލިބުން. އަދި މި ފަހަރުގެ ސީޒަނަށް ކުރާ އުއްމީދަށް އިތުރު ހިތްވަރެއް ލިބުން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ޗެލްސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ބަދަލު ކުރަން ޖެހުމެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ހަތް ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުން އޭގެ އުނދަގޫ ކުރިމަތިވި ކަމަށެވެ.
"ވަރުގަދަ މެޗުތައް ކުޅެފައި ރިކަވާވާން ވަގުތު ބޭނުންވާނެ. ޗެމްޕިއަންސް ލީގުގައި ކުޅެފައި މި މެޗަށް ތައްޔާރުވާން ލިބުނީ އެއް ދުވަސް. މޮރާޓާގެ އިންޖަރީ އަކީ ވެސް އެކަމާ ގުޅިގެން ދިމާވި ކަމަކަށް ވުން އެކަށީގެންވޭ،" ކޮންޓޭ ބުންޏެވެ.
ލީގުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު ވަނީ 4-0 އިން ލީގުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މަރުއާން ފެލައިނީ ދެ ލަނޑާއި ހުއާން މަޓާ އަދި ރޮމެލޫ ލުކާކޫ އެވެ.
ހެރީ ކޭންގެ ދެ ލަނޑާ އެކު ރޭ ޓޮޓެންހަމް ވެސް ވަނީ 4-0 އިން ހަޑްސްފީލްޑް ޓައުން އަތުން މޮޅުވެފަ އެވެ. ހަޑްސްފީލްްޑް ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ އަނެއް ދެ ލަނޑު ޖެހީ ބެން ޑޭވިސް އަދި މޫސާ ސިސޯކޯ އެވެ.
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޔުނައިޓެޑް ބަލިވިއިރު ރޮނާލްޑޯއަށް އެހީ ނުވެވުނު
"ސިޓީ ނޫނީ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ"
ޔުނައިޓެޑާ އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ދުރުމިނެއް
ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން ސިޓީ އަށް
ސިޓީ ތަށި އުފުލާލާ މަންޒަރު ބަލަން ކެރޭނެ: މޮރީނިއޯ
މޮރީނިއޯ ފާޑުކީއިރު، ގާޑިއޯލާ މައާފަށް އެދެފި
ދެ ކޯޗުންނަށް ހާއްސަ ބޮޑު ދެ ކްލަބުގެ ކުރިމަތިލުމެއް
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި