ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެންމެ އަވަހަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ލިބޭނީ މި މަހު 28 ވަނަ ދުވަހުގެ ފަހުން ކަމަށް ގާސިމްގެ އާއިލާ އިން ކަރެކްޝަންސް އަށް އަންގައިފި އެވެ.
08 އޮކްޓޯބަރ 2017
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެންމެ އަވަހަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ލިބޭނީ މި މަހު 28 ވަނަ ދުވަހުގެ ފަހުން ކަމަށް ގާސިމްގެ އާއިލާ އިން ކަރެކްޝަންސް އަށް އަންގައިފި އެވެ.
ގާސިމް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ސޮއި ކުރައްވައި، ކަރެކްޝަނަލް ސާވިސަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ހިތްޕުޅުގެ ހިނގުމުގެ މައްސަލަތަކެއް އުޅޭތީ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި ހިތުގެ ޓެސްޓް ހެދުމުގެ ކުރިން ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ މި މަހު 28 ވަނަ ދުވަހުގެ ފަހުން ދަތުރު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެހެންވެ އެ މުއްދަތަށް ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުރު ކޮށްދޭން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
"އެންމެ އަވަހަށް ވެސް ދަތުރު ކުރެވިދާނެ ކަމަށް ޑޮކްޓަރުގެ މެޑިކަލް ރިޕޯޓުގައިވަނީ 28 އޮކްޓޫބަރު 2017 ކަމަށްވާތީ، މިހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުން" އެދޭ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން ހިތްޕުޅުގެ ޓެސްޓްގެ ނަތީޖާ އަށް ބަލައި، އިތުރު ފަރުވާ ގާސިމަށް ދޭންޖެހޭ ނަމަ އެއަށް ވުރެ ވެސް ދިގު މުއްދަތަކަށް ސިންގަޕޫރުގައި މަޑުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ އެކަމުގެ ހުއްދަ ޑޮކްޓަރުން ދިނުމުގެ އިތުރުން، މަތިންދާބޯޓުގައި ދަތުރު ކުރެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް އޮވެގެން ކަމަށް އެ ސިޓީގައިވެ އެވެ. އެ ސިޓީއާ އެކު ޑޮކްޓަރުގެ ލިޔުންތައް ވެސް ވަނީ ކަރެކްޝަންސަށް ފޮނުވައިފަ އެވެ.
ގާސިމް މިމަހުގެ ނިޔަލަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު ދޭން އާއިލާ އިން އެދުނުއިރު ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަންސް އިން އޮތީ އެދިފަ އެވެ. ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން، ހުކުމް ކުރިޔަސް މިހާތަނަށް ގާސިމް ޖަލަކަށް ނުގެންދެ އެވެ.
ގާސިމަށް އާ ޓްރެވަލް ޑޮކިއުމަންޓެއް ދުލެއް ނުކުރި
މަހްލޫފް ޖަލު ހުކުމުން ސަލާމަތްވެއްޖެ
ގާސިމްގެ އިސްތިއުނާފް މައްސަލަ މާދަމާ ނިންމަނީ
ގާސިމް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން އަމުރުކޮށްފި
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
ގާސިމާއި ނަޝީދަށް ވޯޓު ލެވޭނީ ޖަލަށް: އިލެކްޝަންސް
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
ގާސިމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި
ގާސިމް ޖަލަށްލި މައްސަލާގެ އިސްތިއުނާފް އާދިއްތަ ދުވަހު
ފާރިސް އާއި ސިޔާދު ވެސް ބަންދު