އެމްޑީޕީގެ ކޮންގްރެސް ބާއްވަން ފައިސާ ހޯދުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.
10 އޮކްޓޯބަރ 2017
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ފައިސާ ހޯދުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ. އެކަމަކު، ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސް ކުރާތީ ކޮންގްރެސް ފަސްކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ ކުރީކޮޅު ކޮންގްރެސް ބޭއްވުމަށެވެ. އެކަމަކު ޕާޓީގެ ގައުމީ މަޖިލީހުން މިހާރު ނިންމާފައި ވަނީ ކޮންގްރެސް ބާއްވަން ފަންޑެއް ހުޅުވުމަށެވެ. އަދި ކޮންގްރެސް ބާއްވަން ބޭނުންވާ ފައިސާ ލިބުމާ އެކު ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށެވެ.
"ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފިން. ނަމަވެސް އެއީކީ އަދި ހުޅުވާލެވިގެން ފަންޑު ފޮއްޓެއްގެ ގޮތަށް ކުރާ މަސައްކަތެއް ނޫން. ފަންޑު ރެއިޒިންގެ ބައެއް މަސައްކަތްތައް ފަށައިފިން،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ސަރުކާރުން އެމްޑީޕީއަށް ދޭންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި އެމްޑީޕީ މިހާރު ވެސް ހިންގަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެމްޑީޕީން ކުރިން ބުނި ގޮތުގައި ކޮންގްރެސް އަށް 2.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު 1،123 މީހުން ބައިވެރިވާނެ އެވެ.
މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން 0.1-0.2 ޕަސެންޓް (ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ) ވަނީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު މި އަހަރު ނިމެން ދެ މަހަށް ވެފައިވާއިރު ވެސް ޕާޓީތަކަށް ފައިސާ ދުލެއް ނުކުރެ އެވެ. އެ ފައިސާ ނުދީ ހިފަހައްޓާ ސަބަބާ ގުޅޭ ގޮތުން ފިނޭންސުން ވާހަކައެއް ނުދައްކަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އެމްޑީޕީގެ ކޮންގްރެސް އަށް ދަރުބާރުގެ ދޭން އެދިއްޖެ
އީސީން ފައިސާ ނުދޭތީ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
އަދިވެސް ފައިސާ ޖަމާ ނުކޮށްދޭ: އެމްޑީޕީ
އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ރިޔާސީ އިންތިހާބުގެ ފެށުމަށް ދެ ޕާޓީގެ ބޮޑު ރެއެއް!