Roadha Mihaaru
އަދިވެސް ފައިސާ ޖަމާ ނުކޮށްދޭ: އެމްޑީޕީ

ފައިސާ ދޫކުރިތާ ހަފުތާއެއްވީއިރު ވެސް ޖަމައެއް ނުކޮށްދިން: އެމްޑީޕީ

10 ނޮވެމްބަރ 2016

މި އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން އެ ފައިސާ ދޫކުރިތާ ހަފުތާއެއްވިއިރު ވެސް އެމްޑީޕީ އަށް ޖަމާކޮށްދީފައި ނުވާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން އެ ފައިސާ ދޫކުރިތާ ހަފުތާއެއްވިއިރު ވެސް އެމްޑީޕީ އަށް ޖަމާކޮށްދީފައި ނުވާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އަހަރު ނިމެން އުޅެނިކޮށް ފައިސާ ދޫކުރި ނަމަވެސް ޕާޓީގެ ހަރަދުތަކަށް އެ ފައިސާ ބޭނުންކުރެވޭ ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވެސް މި ބޭއްވީ މާލީ ދަތިތަކާއެކު. ކައުންސިލް އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސަން ވެސް ފައިސާ ބޭނުންވޭ. މިގޮތަށް ފައިސާ ދޫނުކޮށް ހިފަހައްޓާތީ ކަންބޮޑުވޭ،" ނިޔާޒް ވިދާޅުވި އެވެ.

ފައިސާ ޖަމާކުރުން ލަސްވާ ސަބަބެއް އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީން ވެސް ސާފެއް ނުވި އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، މެމްބަރުން އެންމެ ގިނަ ޕީޕީއެމް އަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ. މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.