ހުޅުމާލޭގައި އަނދިރި ކަމަށް ފާހަގަކުރެވޭ މަގުތަކުގައި ބޮކިތައް އިތުރުކޮށް އަލިކުރަން ފަށައިފި އެވެ.
17 އޮކްޓޯބަރ 2017
ހުޅުމާލޭގައި އަނދިރި ކަމަށް ފާހަގަކުރެވޭ މަގުތަކުގައި ބޮކިތައް އިތުރުކޮށް އަލިކުރަން ފަށައިފި އެވެ.
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަން ސާވިސްގެ ޑިރެކްޓަރު އަހުމަދު ފާތިހު މިއަދު ވިދާޅުވީ ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު، މިދިޔަ ހަފުތާގައި ހުޅުމާލޭގެ 13 މަގެއްގައި 33 ބޮތްކެއް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ ގިނަ މަގުތަކުގައި ބޮކިތައް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާތިހު ވިދާޅުވި ގޮތުގައި ބޮކިތައް އިތުރު ކުރި ތަންތަނުގެ ތެރޭގައި އެންމެ ބޮޑަށް އަނދިރިކޮށް އޮންނަ މަގުތައް ހިމެނެ އެވެ. އެގޮތުން އެސްޓީއޯ ހޮޓަލުން ފެށިގެން ދިރާގު އޮފީހާ ހަމައަށް އޮންނަ ކުރެދިމާ ހިނގުމާއި އެސްޓީއޯ ހޮޓަލާއި އެމްޕީއެލްއާ ހަމައަށް އޮންނަ ފިތުރޯނު މަގު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހެދި މަގުތަކުގައި ޖަހާފައި ހުރި ކޮންމެ ދެ ހޮޅިދަނޑިއެއްގެ ދުރުމިނުގައި 50 މީޓަރު ހުރެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ މަގުތައް އަނދިރިކޮށް އޮންނަނީ ކޮންމެ ދެ ހޮޅިދަނޑިއެއްގެ ދުރުމިނުގައި 25 މީޓަރު ނުހުންނާތީ އެވެ.
ފާތިހު ވިދާޅުވި ގޮތުގައި މަގުތަކަށް އިތުރު އަލިކަމެއް ގެންނަން ބޭނުންނަމަ، އޮތީ ދެ ހައްލެކެވެ. އެއީ ބޮކިތައް ގިނަ ކުރުމުގެ އިތުރުން 140 ޑިގްރީ އަށް އަލިކަން ފެތުރޭ ގޮތަށް ބޮކިތައް ބަދަލުކުރުމެވެ. އެކަމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ލައިޓްތަކުގެ މެއިންޓަނަންސް ބަލަހައްޓަމުން މިދަނީ. ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށާނަން. އެކަމަށް މަސައްކަތް މި ކުރަނީ،" ފާތިހު ވިދާޅުވި އެވެ.
އެޗްޑީސީން ނިންމާފައި ވަނީ މިހާރު ހުރި ހޮޅިދަނޑިތައް ބެހެއްޓުމަށް ފަހު، މުޅި ހުޅުމާލޭގައި އިތުރު ހޮޅިދަނޑިތަކެއް ޖަހައި ލައިޓްތަކެއް ހަރު ކުރުމަށެވެ. މިކަމުގެ އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ގެނެސްފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ބައެއް މަގުތައް އަނދިރިކޮށް އޮންނާތީ، އެ ރަށުގައި އުޅޭ މީހުން ވަރަށް ބޮޑަށް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ބައެއްގެ ނަޒަރުގައި ހުޅުމާލޭގައި ރޭގަނޑު އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ މަގުތަކުގައި އެކަށީގެންވާ އަލިކަމެއް ނެތުމެވެ. އަދި އެ ރަށުގައި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އާންމުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ޓްރެފިކް ލައިޓާއެކު އެކްސިޑެންޓް މަދުކުރެވޭނެ: އާބަންކޯ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
އެކްސިޑެންޓްގައި ނިޔާވީ އާބަންކޯގެ މުވައްޒަފެއް
ކުލަފަނޑުވެ ބަމްޕަރުތައް ނުފެނޭ، ނުރުހުން އެޗްޑީސީއަށް
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި
ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ
ހުޅުމާލޭގެ ބަމްޕަރުތަކާމެދު ކަންބޮޑުވުން އިތުރުވެފައި
ހުޅުމާލޭ ފޭސް2ގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުންނަށް