30 އޮކްޓޯބަރ 2017
މިދިޔަ ޖުލައި އިން ފެށިގެން ޕީޕީއެމުން ވަކިވެފައިވާ ބަޔަކު އަލުން ޕާޓީން ވަކިކުރަން ނިންމުން ސައްހަ ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެ ޕާޓީއަށް ފާޑުކިއުއްވައިފަ އެވެ.
މިދިޔަ ޖުލައި އިން ފެށިގެން ޕީޕީއެމުން ވަކިވެފައިވާ ބަޔަކު އަލުން ޕާޓީން ވަކިކުރަން ނިންމުން ސައްހަ ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެ ޕާޓީއަށް ފާޑުކިއުއްވައިފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މިދިޔަ ހޮނިހިރު ދުވަހު ނިންމީ ސައުދުﷲ އާއި މުސްތަފާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޕާޓީން ވަކިކުރާށެވެ. ނަމަވެސް މާ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާ ބަޔަކަށް ވާތީ އެ ނިންމުން ގަބޫލުނުކުރައްވާ ކަމަށް ސައުދުﷲ އާއި މުސްތަފާ ވިދާޅުވި އެވެ.
ސުލޫކީ ކޮމެޓީން ބުނި ގޮތުގައި އެ ތިން ބޭފުޅުން ޕާޓީން ވަކިކުރަން ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރައްވައި، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކެވުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރެއްވި މައްސަލައިގަ އެވެ.
އެކަމަކު ސައުދުﷲ "މިހާރު" އަށް ވިދާޅުވީ ޕީޕީއެމުން ވަކިކޮށް ދިނުމަށް އެދި ޖުލައި 10 ގައި އެ ޕާޓީއަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހަމަ އެ ދުވަހު ފޮނުއްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ޖުލައި 11 ގައި ޕީޕީއެމްގެ ދަފްތަރުން އުނިކޮށް ދިނުމަށް އެދި އީސީ އަށް ވެސް ސިޓީއެއް ފޮނުއްވައިފަ އެވެ. ސައުދުﷲ ގެ އިތުރުން ޕީޕީއެމުން ވަކިވެޑައިގަތުމަށް ނިންމެވި ހުރިހާ މެމްބަރުންހެން، ސުޕްރީމް ކޯޓުގެ ހުކުމް ކުރިން ޕާޓީން ވަކިވުމަށް އެދި ޕީޕީއެމަށާއި އީސީއަށް ސިޓީ ފޮނުއްވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުއްވި ފަހުންނެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން އެ މެމްބަރުންނަށް އެންގެވީ ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އޭގެ ބޭނުމަކީ، އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އައި އިރު ވެސް އެއީ ޕީޕީއެމްގެ މެމްބަރުންކަން ދެއްކުމަށެވެ.
"އަމިއްލަ އަށް ވަކިވާން އެދުނީމަ، މައްސަލަ ބަލަމުންދާ ކަމަށް ބުނެ ވަކިނުކޮށް ހުރެފައި، ހުކުމްގެ ފަހުން ވަކިކުރަން ނިންމީމަ އެކަން ގަބޫލެއް ނުކުރެވޭ. އީސީގެ ގަވާއިދުގައި އޮންނާނީ ބުނެފައި ވަކިވާން އެދޭތާ 15 ދުވަސް ތެރޭގައި ޕާޓީގެ ދަފްތަރުން އުނިކޮށްދޭން ޖެހޭނެ ކަމަށް،" ސައުދުﷲ ވިދާޅުވި އެވެ.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ހޮވުނު މެމްބަރެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ "ހައިޑްރޯލިކް ހުކުމް" ގެ ކުރިން ވެސް ޕީޕީއެމުން ކެނޑިފައިވާނެ ކަމަށް ވިދާޅުވި އެވެ.
މުސްތަފާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑަޅައި، ކިތަންމެ އަވަހަކަށް ދާއިރާގެ ބައި އިލެކްޝަނެއް ބޭއްވި ކަމުގައިވިޔަސް، އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
Alhugadakee PPM ticket eh ga Majilis ah hovunu meeheh nuun. SC ge Hydraulic khumuge kurin Alhugandu vaanee PPM in kedifa.
— Mohamed Musthafa (@Thimarafushi) October 30, 2017
މުސްތަފާ ކުރެއްވި ޓުވީޓު.
"ގޮނޑި ގެއްލޭނީ ރައީސް ޔާމީނަށް. އަޅުގަނޑުމެންގެ އެކަކުގެ ގޮނޑި ވެސް ނުގެއްލޭނެ. އަޅުގަނޑުމެން އެނބުރި އަންނާނެ. ރައީސް ޔާމީނަށް އެނބުރިއެއް ނާދެވޭނެ،" މުސްތަފާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މެމްބަރު ޝާހްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕީޕީއެމާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި 10 މެމްބަރުންގެ ތެރޭގައި ސައުދުﷲ އާއި މުސްތަފާ އަދި ޝާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ވެސް މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕީޕީއެމުން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށާއި ޕާޓީން ވަކިނުވާ ކަމަށް އެ މެމްބަރުންނަށް އަންގައިފަ އެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކޮށްފަ އެވެ. އަދި އެ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށްފަ އެވެ.
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
"ޕީޕީއެމުން ވަކިކުރި ކަމަށް ބުނަނީ ކުރީގެ މެންބަރުން"
ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން ނިންމައިފި
ފައިސާ ލިބިއްޖެ، ޕީޕީއެމް ދަރަނިން ސަލާމަތްވަނީ
ޕީޕީއެމަށް އެންމެ ފަހުން ފައިސާ ދޫކޮށްފި
ޕީޕީއެމްގެ ފައިސާ ހިފެހެއްޓި މައްސަލަ ކޯޓަށް
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ދަރަނިވެރިވެ ފޯނު ބިލްތައް ވެސް ނުދެއްކުނު!
ޕީޕީއެމްގެ ފައިސާ ދޫކޮށްދޭން ފިނޭންސްގައި އެދެނީ
ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ޝަރީއަތް ފަށަނީ