30 އޮކްޓޯބަރ 2017
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހަކީ މާކުރިން ވެސް ޕީޕީއެމުން ވަކިވެފައިވާ ބޭފުޅުން ކަމަށާއި އެހެންވެ އެ ބޭފުޅުން ޕާޓީން ވަކި ކުރުމަކީ މިހާރު އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހަކީ މާކުރިން ވެސް ޕީޕީއެމުން ވަކިވެފައިވާ ބޭފުޅުން ކަމަށާއި އެހެންވެ އެ ބޭފުޅުން ޕާޓީން ވަކި ކުރުމަކީ މިހާރު އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ވެރިކަން ކުރާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް، ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުސްތަފާ އާއި ސައުދުﷲ އަދި ޝާހަކީ ޕީޕީއެމުން ވަކިވުމަށް އެދި މިދިޔަ ޖުލައި 13 ގައި ޕީޕީއެމަށް ސިޓީ ފޮނުވި މެމްބަރުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ޕީޕީއެމުން ވަކިކުރަން ނިންމި ކަމަށް ބުނާ އެ ތިން މެންބަރުންނަކީ މިހާރުވެސް ޕީޕީއެމްގެ ތިން މެންބަރުން ނޫން ކަމަށާއި ޕާޓީން ވަކިވެފައިވާ މެންބަރުންތަކެއް އަލުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މެމްބަރު ކަމުގައިވާ މުސްތަފާ އާއި ސައުދުﷲ އާއި ޝާހަކީ ޕާޓީން ވަކިވުމަށް އެދިވަޑައިގެންނެވި ހިސާބުން ޕީޕީއެމް މެމްބަރުން ކަމުގައި ނުވާނެ އެވެ،" ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމުން ވަކިވެޑައިގަތުމަށް ނިންމެވި ހުރިހާ މެމްބަރުންހެން، ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓީން ވަކިވުމަށް އެދި ޕީޕީއެމަށާއި އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަނީ މެމްބަރުންގެ މައްސަލައެއް ސުލޫކީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. އޭގެ ބޭނުމަކީ، އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އައި އިރު ވެސް އެއީ ޕީޕީއެމްގެ މެމްބަރުންކަން ދެއްކުމެވެ.
ޕީޕީއެމްގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި 10 މެމްބަރުންގެ ތެރޭގައި ސައުދުﷲ އާއި މުސްތަފާ އަދި ޝާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއިކުރެއްވި 45 މެމްބަރުންގެ ތެރޭގައި ވެސް މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސުލޫކީ ކޮމެޓީން ބުނި ގޮތުގައި އެ ތިން ބޭފުޅުން ޕާޓީން ވަކިކުރަން ކޮމެޓީ މެމްބަރުންގެ އިއްތިފާގުން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރައްވައި، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކެވުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރެއްވުމެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ވަކިވާން އެދޭ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ އެވެ. ތިން މެމްބަރުން މާ ކުރިން ވަކިވެފައި އޮއްވައި އަލުން ޕާޓީން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ސުލޫކީ ކޮމެޓީން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން ނިންމައިފި
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
ޕީޕީއެމުން މާ ކުރިން އޮތީ ވަކިވެފައި: މެމްބަރުން
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
ފައިސާ ލިބިއްޖެ، ޕީޕީއެމް ދަރަނިން ސަލާމަތްވަނީ
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ފޭލްވީ ކޮށްދޭނެ ކަންކަން ނުދެއްކުމުން: ނިހާން