30 އޮކްޓޯބަރ 2017
މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައި، އެ ޖަގަހަ ހެދުމުގެ މަސައްކަތުގައި އުޅުނު ހައުސިން މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އެ ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.
މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައި، އެ ޖަގަހަ ހެދުމުގެ މަސައްކަތުގައި އުޅުނު ހައުސިން މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އެ ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.
"ފިޔާތޮށި ޖަގަހަ" ނަމުގައި މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
ޝީ ބިލްޑިން ކައިރީގައި ހަދާފައިވާ މި ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ޖަގަހަ އެހާ ފުރިހަމަކޮށް ތައްޔާރުކޮށް ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މުއިއްޒުގެ "ކުޅަދާނަ" ކަމަކީ ޖަގަހަ ހެދުމުގެ މަސައްކަތުގައި އުޅުނު ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ޕީޕީއެމާ ގުޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، މުއިއްޒާއި ޕީޕީއެމާ ގުޅުނު ސާޅީހަކަށް މުވައްޒަފުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ޕީޕީއެމަށް ސޮއިކުރި އަންވަރު އަލީ ރައީސް ޔާމީނާ ޕާޓީގެ ފޯމު ހަވާލުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އަލަށް ޖަގަހަ ހެދި ތަނަކީ ރައީސް ޔާމީނަށް އެންމެ ހެޔޮ އެދޭ އެއް ބޭފުޅަކު ކުއްޔަށް ނަގާފައި ހުރި ތަނެކެވެ. އަދި އެ ތަން ޕީޕީއެމަށް ދިނީ ހިލޭސާބަހަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަން މުއިއްޒާއި ރައީސް ޔާމީންގެ ވާހަކަފުޅުގައި ވެސް ފާހަގަައެއް ނުކުރައްވަ އެވެ.
މުއިއްޒު ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މާފަންނުން ޕީޕީއެމަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މާފަންނަށް އެކަނި ބެލިޔަސް، ސަރުުކާރުން ކަންކަން ކޮށްދީފައި ހުރި މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަކީ ހަގީގަތް މިހާރު އެނގޭ ބައެއް. ބަޔަކު ދައްކާ ވާހަކައެއް އަޑެއް ނާހާނެ ރައްޔިތުންނެއް. ހަމައެފަދައިން މާލޭގެ އެހެން އަވަށްތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމަނިކުފާނު (ރައީސް) ކުރައްވާ މަސައްކަތް އެ ދަނީ ގާތުން ބަލަމުން،" މުއިއްޒު ވިދާޅުވި އެވެ.
މިއީ ޕީޕީއެމުން މާލޭގައި މި ފަހުން ހުޅުވި ތިން ވަނަ ޖަގަހަ އެވެ. މީގެކުރިން "ރާސްޓަސް ޖަގަހަ" އާއި މާލޭހިޔާ ހުސްބިމުގައި "ރުމާލު 2 ޖަގަހަ" ނަމުގައި ޕީޕީއެމްގެ ޖަގަހަތައް ހުޅުވި އެވެ.
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އަދާލަތު އުޅެނީ އަމިއްލަ އެދުމައިގެން: މުއިއްޒު
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު
އައްޑޫން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލުކުރަނީ
"އައްޑޫގެ މަގުތައް ހަދަން ވަރަށް އަވަހަށް ފަށާނެ"
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް ޑރ. ޖަމީލަށް!
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ