Roadha Mihaaru
ޕީއެސްޖީ އާއި ބަޔާން ދެ ވަަނަ ބުރަށް

ޕީއެސްޖީ އާއި ބަޔާން ދެ ވަަނަ ބުރަށް

01 ނޮވެމްބަރ 2017

ޕެރިސް (ނޮވެމްބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް ބީ އިން ބަޔާން މިއުނިކާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަތައް ޔަގީންކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ނޮވެމްބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް ބީ އިން ބަޔާން މިއުނިކާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަތައް ޔަގީންކޮށްފި އެވެ.

ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ އެންޑަލެކްޓް އަތުން 5-0 އިން މޮޅުވެފަ އެވެ. ބަޔާން މޮޅުވީ ރަށުންބޭރުގައި ސްކޮޓްލެންޑްގެ ސެލްޓިކާ ވާދަކޮށް 2-1 އިންނެވެ.

މި ނަތީޖާތަކާ އެކު ޕީއެސްޖީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެގެން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބަޔާން އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެލްޓިކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އެންޑަލެކްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ކުޅޭ ފްރާންސްގެ ފުލްބެކް ލެވިން ކުރްޒާވާ ވަނީ ހެޓްރިކެއް ހަަދައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ މާކޯ ވެރާޓީ އާއި ނޭމާ އެެވެ.

ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ ދެ ވަނަ ބުރަށް ކޮލިފައިވުމުން އެއް ޓާގެޓް ހާސިލްވެއްޖެ ކަމަށެވެ.

"ދެ ވަނަ ބުރަށް ދެވުމުން އެއް ޓާގެޓް ހާސިލްވެއްޖެ. ދެން އޮތީ ގްރޫޕްގެ އެއް ވަނަ ދިފާއުކުރުން. އެއީ އަހަރެމެން އަނެއް ބުރަށްދާން ބޭނުމީ އެއް ވަނަ ޓީމުގެ ގޮތުގައި،" ކުރިން ސެވިއްޔާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

ރޭ ބަޔާން ކުޅުނު މެޗުގެ 22 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަންގެ ލަނޑުން އެ ޓީމު ލީޑު ނަގާފައިވަނިކޮށް މެޗުގެ 77 ވަނަ މިނިޓްގައި ސެލްޓިކަށް އެއްވަރުކޮށްދިނީ ކަލުމް މެކްގްރެގާ އެވެ. އޭގެ ތިން މިނިޓް ފަހުން ބަޔާން މޮޅުކޮށްދިން ލަނޑުޖެހީ ހަވީ މާޓިނޭޒް އެވެ.

އޮލިމްޕިއާކޯސް ދެ ކުޅުންތެރިން ކައިރިން ބާސެލޯނާގެ މެސީ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އޮލިމްޕިއާކޯސް ދެ ކުޅުންތެރިން ކައިރިން ބާސެލޯނާގެ މެސީ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ގްރޫޕް ޑީގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ކުރިން އިރުޝާދުދިން އޮލިމްޕިއާކޯސްއާ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އޮލިމްޕިއާކޯސް ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ވަލްވޭޑޭ ބުނީ މި މެޗުން ބޭނުންވާ ނަތީޖާ ނުނެރެވުނު ކަމުގައި ވިޔަސް އޭނާގެ ނަޒަރުގައި ބާސެލޯނާ އަށް އެއް ފިޔަވަޅު ކުރިއަށް އެޅިފައިވާ ކަމަށެވެ. އަދި މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރެވުނު ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ފުރުސަތުތައް ތަނަަަވަސް ކޮށްފިނަމަ ގޯލު ފެންނާނެ ކަމަށެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ސްޕޯޓިން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ޔުވެންޓަސްއާ އެއްވަރުކޮށްފަ އެވެ. ބްރޫނޯ ސެސާގެ ލަނޑުން ސްޕޯޓިން ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޮލިމްޕިއާކޯސް ވަނީ އެއް ޕޮއިންޓް ހޯދައިފަ އެވެ.