02 ނޮވެމްބަރ 2017
މާބަނޑު މީހުން ހަފުތާއަކު ދެތިން ފަހަރު މަހުގެ ބާވަތްތައް ކެއުމުން، އެ މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅަށް ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ.
މާބަނޑު މީހުން ހަފުތާއަކު ދެތިން ފަހަރު މަހުގެ ބާވަތްތައް ކެއުމުން، އެ މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅަށް ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ.
ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާގެ ސައިންސްވެރިން ބުނީ ބަލިވެ އިނދެ ތިން ވަނަ ޓްރައިމިސްޓާ އަށް އަޅާފައި ތިބޭ މީހުން އޮމެގާ-3 ފެޓީ އެސިޑްގެ މަތީ ޑޯޒްތައް ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަ އެމީހުންނަށް ލިބޭ ދަރިންނަށް ނޭވާލުމުގެ މައްސަލަތައް ކުރިމަތިވާލެއް މަދުވާނެ ކަމަށެވެ.
ނަމަވެސް މި ދިރާސާގައި މަސައްކަތްކުރި އެހެން ދެ ބައިވެރިން ކަމަށްވާ ރިޗަޑް ލޮކޭ އާއި ޗެކް ސިންގް ބުނެފައިވަނީ ހަފުތާއަކު 2-3 ފަހަރު މާކިއުރީ މަދުން ހުންނަ މަހުގެ ބާވަތެއް ކެއުމުން ވެސް ހަމަ މި ނަތީޖާ ފެންނާނެ ކަމަށެވެ.
މި ޓީމުން ބަލާފައި ވަނީ ކުރިން ހަދާފައިވާ ދެ ދިރާސާ އެކެވެ. މީގެ ތެރެއިން އެއް ދިރާސާ އަކީ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާ އެކެވެ. މި ދިރާސާގެ ބައިވެރިވި 346 މާބަނޑުމީހުން ވަނީ ތިން ވަނަ ޓްރައިމިސްޓާގައި ކޮންމެ ދުވަހަކު އޮމެގާ-3 ފެޓީ އެސިޑްސް ބޭނުންކޮށްފަ އެވެ. އަދި 349 މީހަކަށް ދިނީ ޕްލެސީބޯ ނުވަތަ އަސްލު ނޫން އެއްޗެއް ދޭންވެގެން ޒައިތޫނި ތެޔޮ ގުޅަތަކެކެވެ. އަދި މި ޓްރައަލް ޕޮޕިއުލޭޝަން ތިން ގްރޫޕަކަށް ބަހާލި އެވެ. އެމީހުންގެ ލޭގައި އޮމެގާ-3 ފެޓީ އެސިޑްސް ހުރި ނިސްބަތުންނެވެ.
ނަތީޖާ ދެއްކި ގޮތުން ފިޝް އޮއިލް ސަޕްލިމެންޓުން އެންމެ ބޮޑު ފައިދާއެއް ކުރީ ލޭގައި އެންމެ މަދުން މި ބާވަތް ހުރި މީހުންނަށެވެ. ދިރާސާގެ ނަތީޖާއަށް ބަލާއިރު ފިޝް އޮއިލް ސަޕްލިމެންޓާއި ނޯ-އޮއިލް ސަޕްލިމެންޓް ބޭނުންކުރި މީހުންގެ ދަރިންނަށް 24 ވަރަކަށް އަހަރު ވީއިރުވެސް ނޭވާ ހިއްލުމުގެ މައްސަލައަށް ބޭސްކާން ޖެހިފައިވާލެއް ވަރަށް މަދެވެ.
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
ވައިގެ ބޭހުން ދަރިފުޅަށް ނޭވާހިއްލުމުގެ ބިރު
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ޓްރީޓޮޕުން ވިއްސާއިރު ނޭވާގެ ޒަރީއާއިން ތަދުކަނޑުވަނީ
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!