Roadha Mihaaru
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ފަސްކޮށްފި

ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ފަސްކޮށްފި

08 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މާދަމާ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މާދަމާ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި އެވެ.

ބަޖެޓު ހުށަހެޅުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މެމްބަރުންނަށް ކުރިން އެންގެވި ނަމަވެސް މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފުތާގައި ކަމަށެވެ. ނަމަވެސް ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ބާއްވާނެ ވަކި ދުވަހެއް ނުބުނެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޖުމުލައެއް އަދި ސާފެއް ނުވެ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފަހު ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެތީ އެވެ.