Roadha Mihaaru
އިންތިހާބަށް ބޭރު ބަޔަކު ވަންނަން ފުރުސަތެއް ނެތް

އިންތިހާބުގެ ތެރެއަށް ބޭރު ބަޔަކު ވަންނާކަށް ފުރުސަތެއް ނެތް: ޒަމީރު

09 ނޮވެމްބަރ 2017

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބަޔަކު ވަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބަޔަކު ވަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ގާނޫނުއަސާސީއާ އެއްގޮތަށް ހިންގާ އިންތިހާބެއްގެ ތެރެއަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް އަންނަ ޕްރެޝަރަށް ސަރުކާރުން ބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް އަންނަ ޕްރެޝަރަކަށް މި ސަރުކާރަކުން ބޯނުލަނބާނެ. މި ސަރުކާރުން އިޖާބައެއް ވެސް ނުދޭނެ. މަޝްވަރާތަކުގައި ވެސް ބައިވެރިއެއް ނުވާނަން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެ ގައުމުން ގަބޫލުކުރާ ގޮތުގެ ފަލްސަފާއެއް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ސްރީ ލަންކާ އިން މިސާލު ނަންގަވަމުން ޒަމީރު ވިދާޅުވީ އެ ގައުމުގައި ނިމުނު ދާހިލީ ހަނގުރާމަ އަށް ފަހު ދިމާވި ކަންތައްތަކާ ގުޅޭގޮތުން ޔޫރަޕުން ދެކޭ ގޮތް "ލޮބީ" ކުރަމުން ދިޔަ ކަމަށެވެ. އެއީ އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރުމަށް އަންނަ ޕްރެޝަރެއް ނޫން ކަމަށް ވެސް ޕީޕީއެމްގެ ނައިބު ލީޑަރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު އެހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަންގައި ހުންނަވައިގެން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އިންތިހާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށާއި އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.