Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލުގައި ޓްރިއާޖްގެ ހިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދައިފި

09 ނޮވެމްބަރ 2017

އާސަންދަ ކުންފުނިން ހިންގާ ހުޅުމާލެ ހޮސްޕިޓަލްގައި ޓްރިއާޖްގެ ޚިދުމަތް އިއްޔެ ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާސަންދަ ކުންފުނިން ހިންގާ ހުޅުމާލެ ހޮސްޕިޓަލްގައި ޓްރިއާޖްގެ ޚިދުމަތް އިއްޔެ ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ޓްރިއާޖްގެ ޚިދުމަތާ އެކު ސްޕެޝަލިސްޓު ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓެއް ނެތަސް ޑޮކްޓަރަށް ދައްކަން ދާ ބަލި މީހުން ބަލާނެ ކަމަށެވެ. އައުޓް ޕޭޝަންޓް ޑިޕާޓްމެންޓަށް ނުވަތަ އިމަޖެންސީ ރޫމަށް ފޮނުވާލާނީ އޭގެ ފަހުން ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ބަދަލު ގެނައީ ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ތަރައްގީ ކުރަން ކުރާ މަސައްކަތުގެ ދަށުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރި ފަހުން، ގިނަ ޚިދުމަތްތަކެއް އަލަށް ވަނީ ފަށައިފަ އެވެ. އެ ކުންފުނިން އަމާޒު ހިފާފައި ވަނީ، ބޮޑެތި ބަލިތަކަށް ރާއްޖެ އިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުކުރެވޭނެ ގޮތް ހެދުމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވަނީ ކެންސަރަށް ފަރުވާ ކުރެވޭނެ އޮންކޮލޮޖީ ސެންޓަރެއް ވެސް ހުޅުވައިފަ އެވެ. މިތަނުން، ކައިރި މުސްތަގުބަލެއްގައި ކީމޯތެރަޕީގެ ހިދުމަތް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.