Roadha Mihaaru
ހަނިމާދޫގެ މަގުތައް ހަދަން ފަށައިފި

ހަނިމާދޫގެ 21 މަގެއް ހަދަން ފަށައިފި

27 އޯގަސްޓް 2017

ހދ. ހަނިމާދޫގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރެއްގައި ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ހަނިމާދޫގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރެއްގައި ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން އިއްޔެ ވަނީ ހަނިމާދޫގެ މަގުހެދުމުގެ ޕްރޮޖެކްޓް ފަށައިފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަގުތަކުގައި ހޮޅިވަޅުލުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ 21 މަގެއްގައި ތާރުއަޅަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަނިމާދޫގައި 16 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 84 ޓަނުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.