Roadha Mihaaru
ހޫތީންގެ ޑިފެންސް މިނިސްޓްރީ އަށް ސައުދީން ބޮންއަޅައިފި

ހޫތީންގެ ޑިފެންސް މިނިސްޓްރީ އަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި

11 ނޮވެމްބަރ 2017

ސަންއާ (ނޮވެމްބަރު 11) - ޔަމަނުގެ ހޫތީން ކޮންޓްރޯލްކުރާ ޑިފެންސް މިނިސްޓްރީ އަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަންއާ (ނޮވެމްބަރު 11) - ޔަމަނުގެ ހޫތީން ކޮންޓްރޯލްކުރާ ޑިފެންސް މިނިސްޓްރީ އަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި އެވެ.

ކޯލީޝަނުގެ އެއް މިސައިލް ހަމަލާ އަރާފައި ވަނީ ޑިފެންސް މިނިސްޓްރީގައި އާއްމުން ބޭނުންކުރާ ސަރަހައްދަކަށެވެ. މި ހަމަލާގައި ވަނީ އަށް މީހުން ޒަޚަމްވެފަ އެވެ. މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.

ސައުދީ ކޯލީޝަނުން މީގެ ކުރިން ވެސް ވަނީ ޔަމަނުގެ ޑިފެންސް މިނިސްޓްރީ އަށް ހަމަލާތައް ދީފަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ސައުދީގެ ވެރިރަށް ރިޔާޒަށް ހޫތީން މިސައިލް ހަމަލާއެއް ދިން ފަހުން ސައުދީ ކޯލީޝަނުން ޔަމަނަށްދޭ ހަމަލާތަައް ވަނީ އިތުރުކޮށްފަ އެވެ. ސައުދީ އަރަބިއާ އިން ބުނެފައި ވަނީ ހޫތީންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. ސައުދީން ދާދި ފަހުން ވަނީ ޔަމަނުގެ ބޯޑަރު ވެސް ބަންދުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓި އެތައް ހާސް ބަޔަކު ބަނޑަށް މަރުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ޔަމަނުގައި ކޮލެރާ ފެތުރި އެ ބަލި ވަނީ މިލިއަނެއްހާ މީހުންނަށް ޖެހިފަ އެވެ.

މެދުއިރުމަތީގެ އެންމެ ފަގީރު ގައުމު ކަމަށްވާ ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ސައުދީ ކޯލީޝަނުން ވައިގެ ހަމަލާތައް ދޭން ފެށީ މާޗު 2015 ގަ އެވެ. އަދި ޔަމަނުގެ ރައީސް އަބްދުއްރައްބު ހާދީގެ ސަރުކާރު ވަނީ ސައުދީގައި ގާއިމްކޮށްފަ އެވެ.