05 ޖުލައި 2016
ބ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ބ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހިބަޅިދޫއިން ހަތިިޔާރު ފެނުނު މައްސަލާގައި ދައުވާކޮށް، ކޯޓަށް ފޮނުވާފައިވަނީ އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ޚިިޔާނާތުގެ ތުހުމަތުގައި ހޯދަމުންދާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ހޯދަން އިއުލާންކޮށްފައިވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން ހިބަޅިދޫއަށް ހަތިޔާރު ގެންދިޔައީ އެ އެންމެންގެ ބައިވެރިވެގެންނެވެ. އަދިި އަދީބާއި އޮއިއްޓޭ މިދިޔަ އަހަރުގެ އެކި ދުވަސްމަތިން އަދީބު ދިރިއުޅުނު ދެ އެޕާޓްމެންޓެއްގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅެފައިވާ ކަމަށް ދައުވާގައިވެ އެވެ.
ސިފައިންގެ ބަޑި ގުދަނުގެ އިސްވެރިއަކަށް ފަޔާޒު ހުރިއިރު އެތަނުގެ އުސޫލާއި ޚިލާފަށް އޭނާ އެތަނުން ހަތިޔާރު ނެރެފައިވާ ކަމަށާއި މަދުވި ހަތިޔާރުތައް ހޯދަން ކުރި މަސައްކަތަށް އޭނާ ހުރަސް އަޅައި، އެތަނުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އައްލާމް: އޭނާ އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެން --ފޮޓޯ/އިންޓަޕޯލް
އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކުރިއިރު އޭނާ މިހާރު ވެސް ގެންދަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ރިިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި މިދިޔަ އަހަރު މެއި މަހުގެ ފުރަތަމަ ދުވަހު ފިސްތޯލަ ގެންގުޅުނު މައްސަލަ އާއި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ.
މީގެ އިތުރުން "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލުމުން އެކަން ތަހުގީގުކުރި ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ފަޔާޒު ވެސް ދަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މިއަދު ދައުވާކުރި އައްލާމާއި އޮއިއްޓޭގެ އިތުރުން އިޝްފާހަކީ އެ މައްސަލާގައި ހޯދަން އިއުލާންކޮށް، އެކަމަކު މިހާތަނަށް ވެސް ހައްޔަރު ކުރެވިފައިނުވާ މީހުންނެވެ. އެ މީހުން މިހާރު ތިބީ ރާއްޖެއިން ބޭރުގަ އެވެ.
ވަކީލަކު ހޯދަން އަދީބާއި ފަޔާޒަށް ފުރުސަތު ދީފި
ހިބަޅިދޫ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ސަލާމަތްވުމާ އެކު އަދީބުގެ އިހުސާސްތައް ބޭރުކޮށްލައިފި
ޖަލު ހުކުމް ތަންފީޒުކޮށް ނިމި ފަޔާޒް މިނިވަންވެއްޖެ
އަދީބު ވަނީ އެތައް ހައްގަކުން މަހްރޫމްކޮށްފައި:މަހްލޫފް
ހިބަޅިދޫ މައްސަލާގެ ހުކުމް އޮތީ ލިޔެނިމިފައި: އަދީބު
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ
އަދީބު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
"ފިނިފެންމާ" މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފި