16 ޖުލައި 2016
ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ހިބަޅިދޫން މިދިޔަ ނޮވެމްބަރު މަހު ހަތިޔާރު ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އަދީބާއި ސިފައިންގެ ބަޑި ގުދަނުގެ އޭރުގެ ވެރިޔާ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި އަދީބުގެ ގާތް މީހެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި މ. ލޭންޑްއޮފްގާޑެން، އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ.
އެ މައްސަލާގައި އެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރު ބާއްވަން ހަމަޖައްސާފައިވާއިރު އެ ކުށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަބެއް އަންނާނެ އެވެ.
މާދަމަ ދައުވާ އުފުލާ އެކަކު ކަމަށްވާ އައްލާމް: އޭނާ އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެން --ފޮޓޯ/އިންޓަޕޯލް
އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކުރާއިރު އޭނާ މިހާރު ވެސް ދަނީ ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ އިތުރުން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ.
މީގެ އިތުރުން "ފިނިފެންމާ" މައްސަލާގައި ފަޔާޒު ވެސް ދަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ބާކީ ތިބި ތިން މީހުން ކަމަށް ވާ އައްލާމާއި އޮއިއްޓޭ އަދި އިޝްފާހަކީ ހޯދަން އިއުލާންކޮށް، އެކަމަކު މިހާތަނަށް ވެސް ހައްޔަރުކުރެވިފައިނުވާ ބައެކެވެ. އެ މީހުން އުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
ވަކީލަކު ހޯދަން އަދީބާއި ފަޔާޒަށް ފުރުސަތު ދީފި
ހިބަޅިދޫ މައްސަލާގައި އަދީބާއި އިތުރު ބަޔަކަށް ދައުވާ
އަދީބު ވަނީ އެތައް ހައްގަކުން މަހްރޫމްކޮށްފައި:މަހްލޫފް
ހިބަޅިދޫ މައްސަލާގެ ހުކުމް އޮތީ ލިޔެނިމިފައި: އަދީބު
ފިސްތޯލަ މައްސަލާގައި އަދީބަށް ފުރުސަތެއް ނުދޭ: ވަކީލް
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ
ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ފެނުނީ އަމިއްލައަށް ހެދި ބޮމާއި ބަޑި އާއި ވަޒަން
ޖަލަށް ހުކުމްކުރި އަދީބު ގޭގައި!