23 އޯގަސްޓް 2016
ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިިހާރު އޮތީ ލިޔެ ނިމިފައި ކަމަށާއި އިއްވާލީމަ ނިމުނީ ކަމަށް އަދީބު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިިހާރު އޮތީ ލިޔެ ނިމިފައި ކަމަށާއި އިއްވާލީމަ ނިމުނީ ކަމަށް އަދީބު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ދައުވާކުރަނީ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބުގެ އިތުރުން އޭރު ސިފައިންގެ ބަޑި ގުދަނުގެ ވެރިޔަކަށް ހުރި ކެޕްޓަން އަހުމަދު ފަޔާޒާއި އަދީބުގެ އަރިސް މީހުން ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި ގ. އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ގ. ލޭންޑްއޮފްގާޑެން މުހައްމަދު އިޝްފާހު އަލީގެ މައްޗަށެވެ.
އަދީބާއި ފަޔާޒު ފިޔަވައި ދެން ތިބި ތިން މީހުން ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭތީ އެ މީހުންގެ ބައި ކުރިއަކަށް ނުގެންދެ އެވެ.
މިއަދުގެ ޝަރީއަތުގައި އަދީބު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމުމަކީ ބޮޑު ޖޯކެއް ކަމަށާއި މިހާރު އެ މައްސަލައިގެ ހުކުމް ލިޔެފައި އޮންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. މިހާރު ބާކީ އޮތީ ހުކުމް އިއްވާލުން އެކަނި ކަމަށް ވިދާޅުވެ، އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު އެގޮތަށް ވިދާޅުވުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެގޮޮތަށް ޝަރީއަތުގައި ވާހަކަ ނުދެއްކޭނެ ކަމަށާއި އެފަދަ ވާހަކަ ދައްކަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދެން ދައްކައިފި ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދަނީ ދޭންޖެހޭ ހުރިހާ ހައްގުތަކެއް ވެސް ދީގެން ކަމަށާއި އެ މަގާމުގައި އޭނާ ހުންނެވީ މީހަކު ބުނާ ގޮތަކަށް ހުކުމް ކުރަން ނޫން ކަމަށެވެ.
އަދީބު އެގޮތަށް ވާހަކަ ދެއްކީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަދީބުގެ ފަރާތުން ކުރިން ފާހަގަކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން މިއަދު ނިންމުމުންނެވެ. ކޯޓުން މިއަދު ނިންމީ އެ މައްސަލަ ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަދީބުގެ ފަރާތުން ބުނަނީ މިދިޔަ އަހަރު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާ ކުށްވެރިވާ ކަމަށް ނިންމައިި، ޖަލު ހުކުމެއް އިއްވާފައިވާތީ އެވެ.
ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުން މިއަދު ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. ލިޔުންތަކާއި މީހުން ވެސް ހިމެނޭ ގޮތަށް ޖުމްލަ 42 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. އޭގެ ތެރެއިން 25 ހެއްކަކީ ސިއްރު ހެއްކެވެ. ސިއްރު ހެކީގެ ތެރޭގައި ހިމެނެނީ 14 މީހުންނާއި 11 ލިޔުމެކެވެ.
އަދީބުުގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަނޭޅިއިރު ފަޔާޒުގެ ފަރާތުން ވަނީ ބައެއް ހެކިން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ބައެއް މީހުން ވެސް ހިމެނެ އެވެ.
ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގަ އާއި އިތުރު ދެ މައްސަލައެއްގައި 33 އަހަރުގެ ހުކުމެއް އަދީބަށް އައިސްފައިވާއިރު ފިނިފެންމާ މައްސަލަ ތަހުގީގު ކުރި ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ފަޔާޒަށް ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ
ވަކީލަކު ހޯދަން އަދީބާއި ފަޔާޒަށް ފުރުސަތު ދީފި
ހިބަޅިދޫ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
ހިބަޅިދޫ މައްސަލާގައި އަދީބާއި އިތުރު ބަޔަކަށް ދައުވާ
އަދީބު މިނިވަންވި މައްސަލަ އިސްތިއުނާފްކޮށްފި
އަދީބު ފުރުން މަނާކޮށްފި
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ
އަދީބު ފިއްލެވި ޓަގުގެ ކައްޕި ފުރުން މަނާކޮށްފި