Roadha Mihaaru
ރިސޯޓް ވިއްކާލަނީ ރަނގަޅު ފައިދާއެއް ހޯދަން:އެމްޓީޑީސީ

ކިހަވައް ހުރަވަޅި ވިއްކާލަނީ ހިއްސާދާރުންނަށް މި އަހަރު ފައިދާއެއް ހޯދައިދޭން: އެމްޓީޑީސީ

20 ނޮވެމްބަރ 2017

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާ ހިންގާ ބ. ކިހަވައް ހުރަވަޅި ވިއްކާލަން ނިންމީ ހިއްސާދާރުންނަށް މި އަހަރު ރަނގަޅު ފައިދާއެއް ހޯދައިދޭން ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާ ހިންގާ ބ. ކިހަވައް ހުރަވަޅި ވިއްކާލަން ނިންމީ ހިއްސާދާރުންނަށް މި އަހަރު ރަނގަޅު ފައިދާއެއް ހޯދައިދޭން ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން މިއަދު ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވީ ކިހަވައް ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން އިއުލާންކުރީ މާކެޓްގައި ލިބޭނެ އެންމެ ރަނގަޅު އަގެއް ހޯދަން ކަމަށެވެ. އަދި އެ ރަށް ވިއްކާލުމުގެ ކުރިން އަންނާތާރާއާ ވެސް ވާހަކަދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށް ވިއްކާލަން ނިންމީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް މި އަހަރު ހޯދައިދޭން ވެގެން. މީގެ ކުރިން ކުންފުނިން ނިންމާފައިވާނެ ސަބްލީސް ކޮށްފައިވާ ދެ ރަށެއް ވިއްކާލަން. އޭގެ ތެރެއިން އެއް ރަށް އަޅުގަނޑުމެން މިހާރު ވާނީ ވިއްކާލާފައި،" ޝުޖާއު ވިދާޅުވި އެވެ.

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާސް ހިންގާ ކިހަވައް ހުރަވަޅި ރިސޯޓު: އެ ރަށް ވިއްކާލަން ވަނީ އިއުލާންކޮށްފައި

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާސް ހިންގާ ކިހަވައް ހުރަވަޅި ރިސޯޓު: އެ ރަށް ވިއްކާލަން ވަނީ އިއުލާންކޮށްފައި

އޭނާ ވިދާޅުވީ ކިހަވައް ވިއްކާލާނީ މާކެޓުން ލިބޭނެ އެންމެ ރަނގަޅު އަގެއް ހޯދުމަށް ފަހު ކަމަށެވެ. އެ އަގަކީ ކުންފުނީގެ ބޯޑަށާއި ހިއްސާދާރުންނަށް ގަބޫލުކުރެވޭނެ އަދަދަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހިއްސާދާރުންނަށް ފައިދާއެއް މި އަހަރު ހޯދައިދޭން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެގޮތުން މިރަށް ވިއްކާލާނީ މާކެޓުން ލިބެން އޮތް އެންމެ ރަނގަޅު އަގެއް ހޯދުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ކިހަވައް ހުރަވަޅި މި އަހަރުގެ ތެރޭގައި ބަޔަކަށް ވިއްކާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަނަންތާރާގެ މައި ކުންފުނި ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން 172 އެނދުގެ އަދި މަތީ ފެންވަރުގެ ކިހަވައް ހުރަވަޅި ހުޅުވައި، ހިންގަން ފެށީ 2010 ގަ އެވެ.

އެމްޓީޑީސީގެ އިއުލާނުގައި ބުނެފައި ވަނީ ކިހަވައް ހުރަވަޅި ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު 10 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ ކުންފުނިން ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ނިޔާމަ މޯލްޑިވްސް ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ވިއްކާލައިފަ އެވެ.