Roadha Mihaaru
އެމްޓީޑީސީއަށް މިދިޔަ ކުއާޓަރުގައި ކުޑަ ކުރިއެރުމެއް

އެމްޓީޑީސީއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 7.5 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ

30 ޖެނުއަރީ 2018

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ 7.5 މިލިއަން ރުފިޔާ (489،010 ޑޮލަރު) އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ 7.5 މިލިއަން ރުފިޔާ (489،010 ޑޮލަރު) އިތުރުވެއްޖެ އެވެ.

ޓޫރިޒަމްގެ ފައިދާ ދިވެހިންނަށް ހޯދައިދިނުމުގެ ނަމުގައި ހެދި ކުންފުނިން އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.2 މިލިއަން ޑޮލަރު 18.5 މިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރިކުރަން 475،679 ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އެ ހަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 717،176 ޑޮލަރު ލިބިފައިވެ އެވެ.

ހަމައެކަނި ދެ ރިސޯޓަކުން ލިބޭ ކުލިން ހިންގާ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިން ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 0.01 ސެންޓް (15ލާރި) އެވެ. އެ ކުންފުނި އުފެދުނު ފަހުން ދެ ފަހަރެއްގެ މަތިން ހިއްސާގެ ފައިދާ ބެހުމަށްފަހު މިހާތަނަށް ހިއްސާދާރުން އެއްވެސް ފައިދާއެއް ބަހާފައެއްނުވެ އެވެ.