Roadha Mihaaru
އިންޒާރުގެ ރަތް ބިލް ނުދީ ފެން ކަނޑާލަނީ

އިންޒާރުގެ ރަތް ބިލް ނުދީ ފެން ކަނޑާލަނީ

22 ނޮވެމްބަރ 2017

މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފޯރުކޮށްދޭ ފެނުގެ ހިދުމަތަށް ބިލް ނުދެއްކުމުން ކުރިން ފޮނުވަމުން އައި އިންޒާރުގެ "ރަތް ބިލް" ފޮނުވުން ހުއްޓާލާ، މުއްދަތު ހަމަވުމުން ފެން ކަނޑާލާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފޯރުކޮށްދޭ ފެނުގެ ހިދުމަތަށް ބިލް ނުދެއްކުމުން ކުރިން ފޮނުވަމުން އައި އިންޒާރުގެ "ރަތް ބިލް" ފޮނުވުން ހުއްޓާލާ، މުއްދަތު ހަމަވުމުން ފެން ކަނޑާލާ ގޮތަށް ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީން އެގޮތަށް ނިންމީ އިންޒާރުގެ ރަތް ބިލް ނުވަތަ ފެން ކަނޑާލާނެކަމުގެ ނޯޓިސް ފޮނުވުމުން ވެސް ބިލް ނުދައްކާ ކަސްޓަމަރުން ގިނަވާތީ އެވެ.

"ރަތް ބިލް" ފޮނުވަނީ އެއް ބިލްގެ މުއްދަތު ހަމަވުމުން ވެސް ބިލް ނުދެއްކުމުން، ދެ ވަނަ ބިލާ އެކު އެވެ. އެ ނޯޓިސްގައި މުއްދަތު ހަމަވެފައިވާ ބިލް ދައްކަން އިތުރު މުއްދަތެއް ދީފައި އޮވެ އެވެ. އަދި އެ މުއްދަތުގައި ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެކަމުގެ އިންޒާރު ވެސް އޭގައި ލިއެފައި އޮވެ އެވެ.

އެކަމަކު އިންޒާރު ނުދީ ފެނުގެ ހިދުމަތް ކަނޑާލާނެ ކަމަށް، ބައެއް ކަސްޓަމަރުންނަށް އެމްޑަބްލިޔުއެސްސީން މިހާރު އަންނަނީ އަންގަމުންނެވެ.

އެމްޑަބްލިޔުއެސްސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮންމެ ބިލެއްގައި ވެސް އެބިލްގެ މުއްދަތު ހަމަވާ ތާރީހު ޖަހާފައި އޮންނާނެ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި ބިލް ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލް ދޭއިރު އެ އިންނަނީ ދެއްތޯ ޑިއު ޑޭޓެއް. އެހެންވީމަ ކުރިއާލާ ކަސްޓަމަރުންނަށް އަންގާފައި އެ އޮންނަނީ މުއްދަތު ހަމަވާ ތާރީހު،" އޮފިޝަލް ވިދާޅުވި އެވެ.