އަމީނިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
22 ނޮވެމްބަރ 2017
އަމީނިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ، އަމީނިއްޔާގެ ގޯތިތެރޭގައި ހަދަމުން އަންނަ އިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަނީ އެތަނުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ މަސައްކަތްތައް ނިމިފައި ވަނީ. ވަޔަރު ކުރުމާއި ދޮރުފަތްތައް ހަރުކުރުން ފަދަ ކަންކަން ކުރަމުން އަންނަނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ހިންގާ ދެވަނަ އަށް އެންމެ ބޮޑު ސްކޫލްގެ އާ އިމާރާތުގައި، އަންނަ އަހަރުގެ ދިރާސީ އަހަރަކާ އެކު ކިޔަވައިދޭން ފެށޭނެ އެވެ.
އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ގައި އިމާރާތް ކުރަން ފެށި އަށް ބުރީގެ މި އިމާރާތުގައި 54 ކްލާސް ރޫމް ހުރެ އެވެ. މިއީ މާލޭގައި މިވަގުތު ހުރި އެންމެ އުސް އަދި ޖާގައިގެ ގޮތުން ވެސް އެންމެ ތަނަވަސް ސްކޫލަށް ވާނެ އެވެ.
އެޑިއުކޭޝަނުން ބުނިގޮތުގައި އަމީނިއްޔާގެ އާ އިމާރާތުގެ މަސައްކަަތަށް 123 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.
އަމީނިއްޔާގައި މިހާރު 2،000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު، އެ ސްކޫލުގައި 44 ކްލާސް ރޫމް ހުރެ އެވެ.
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
އާ އިމާރާތާ އެކު ގޮންޖެހުންތައް ފިލައިގެންދާނެ
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
ރިންޒީ އަމީނިއްޔާއަށް، ނާޒްލީން ކަލާފާނަށް
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ