ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެތެރޭންނާއި ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިސްލާމީ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭން އަޒުމް ކަނޑައަޅަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.
06 ޖުލައި 2016
ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެތެރޭންނާއި ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިސްލާމީ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭން އަޒުމް ކަނޑައަޅަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި އީދު ނަމާދުގެ ހުތުބާގައި ބުނި ގޮތުގައި ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކާއި އެއްބައެއްވަންތަކުގެ އަސާސަކީ އިސްލާމީ އަގީދާ އެވެ. އެކަމަކު، އެ އަގީދާ ފުނޑުފުނޑުކޮށްލަން އެތެރޭންނާއި ބޭރުން، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމުގެ އިންޒާރު ދިނެވެ.
"މި ފަދަ ފަރާތްތަކުގެ ކެހިވެރި ރޭވުންތަކުން މާތް ﷲ އަޅަމެންނާއި އަޅަމެންގެ ދީން ރައްކާތެރި ކުރައްވާށި!" ހުތުބާގައިވެ އެވެ.
މިއަދުގެ ހުތުބާގައި ތިން ބަޔަކަށް ހާއްސަކޮށް މުހިއްމު މެސެޖުތަކެއް ދިނެވެ. އެއީ ޒުވާނުން އަދި އަންހެނުންނާއި އެ މީހުންގެ ފިރިންނެވެ.
"ދީނާއި ގައުމަށް ތެދުވެރި ބަޔަކަށް ވާށެވެ."
ނަމާދުތައް ބަރާބަރަށް އަދާ ކުރުން ފަދަ އީމާންތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް ގެންދަން ބާރު އެޅުމާ އެކު، ފާހިޝް އަމަލުތަކާއި އަހުލާގީ ހަނޑި ހުތުރު ކަންކަމުން ދުރުވާން ޒުވާނުންނަށް ގޮވާލި އެވެ. ހާއްސަކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުސްތަގު ނަގާލައި މައިންބަފައިންގެ އުއްމީދުތައް ފުނޑުފުނޑުކޮށް ނުލަން ނަސޭހަތްތެރިވި އެވެ.
"ދީނާއި ގައުމަށް ތެދުވެރި ބަޔަކަށް ވާށެވެ،" ހުތުބާގައި ބުންޏެވެ.
"އިސްލާމީ އުއްމަތުގެ އެންމެ މުހިއްމު ބަޔަކީ" އަންހެނުންކަން ފާހަގަކޮށް، އިލްމު އުނގެނެން ހުތުބާގައި އަންހެނުންނަށް ބާރު އެޅި އެވެ. އަދި ދަރިންނަށް ވެސް ކިޔަވައި ދޭން އަންހެނުންނަށް ގޮވާލި އެވެ.
މިއަދުގެ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ރައީސް ޔާމީން އީދު ސަލާމް ކުރައްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ހުތުބާގައި ފިރިހެނުންނަށް ގޮވާލީ އެ މީހުންނާ "ހަވާލު ކުރެވިފައިވާ އަމާނާތް" ކަމަށްވާ އަނބިންނަށް ވަފާތެރިވެ، އަނިޔާވެރި ނުވުމަށެވެ. ޖިސްމާނީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އަނބިންނަށް އަނިޔާ ނުކުރަން އެންގުމާ އެކު، އަނބިދަރިންގެ ހަރަދު ބެލެހެއްޓުމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާ ކުރަން ވެސް ފިރިހެނުންނަށް ނަސޭހަތްތެރިވި އެވެ.
"އެއީ މާތް ﷲ ތިޔަބައި މީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އީމާންކަން ރަމްޒު ކޮށްދޭ މި ފަދަ މަތިވެރި ދުވަހެއްގައި މި ކަންކަމައިގެން ގާއިމްވެ ތިބުމަށް އަޒުމް ކަނޑައަޅާށެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލީ މާތް ސިފަތައް ކޮންމެ މީހެއްގެ ކިބައިގައި ވެސް ހަރުލައްވަން ދިން ނަސޭހަތަކުންނެވެ. އޭގެ ތެރޭގައި އެންމެހައި ނުބައި ކަންކަމުން ދުރުވުމާއި ހެޔޮ ބަސް ބުނުމާއި މައިންބަފައިންނަށް ކަމޭހިތުމާއި ހެޔޮ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުން ފަދަ އާއްމު ކަންކަމުން ފެށިގެން ގޮސް އެކަކު އަނެކަކު ފަލީހަތް ނުކުރުން އަދި ވެރިންނަށް ކިޔަމަން ގަތުން ފަދަ ކަންކަން ހިމެނެ އެވެ.
މި އަހަރުގެ ފިތުރު ނަމާދުގެ ރަސްމީ ޖަމާއަތް އޮތީ އިސްލާމީ މަރުކަޒުގަ އެވެ. މި ތަނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފަ އެވެ.
ދެ އަހަރަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
އީދު ހުކުރަށް ވާތީ އަލްޖީރިއާގައި ބޮޑު ފިތުނައެއް
އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން ނިންމައިފި
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
އީދު ނަމާދު ވަގުތަށް މާލޭގެ ޓްރެފިކަށް ބަދަލު ގެންނަނީ
މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
އީދު ނަމާދު ކުރާނީ ގޭގައި: އިސްލާމިކް މިނިސްޓްރީ
ރައީސްގެ އީދު ސަލާމް ކުރުން ނުބާއްވަން ނިންމައިފި