ލަންޑަން (ނޮވެމްބަރު 24) - ރެއާލް މެޑްރިޑަށް ކުޅޭ ހިތް ވިޔަސް ޗެލްސީ އަށް ދެރައެއް ނުދޭނެ ކަމަށް އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ޕްލޭމޭކަރު އެޑެން ހަޒާޑް ބުނެފި އެވެ.
24 ނޮވެމްބަރ 2017
ލަންޑަން (ނޮވެމްބަރު 24) - ރެއާލް މެޑްރިޑަށް ކުޅޭ ހިތް ވިޔަސް ޗެލްސީ އަށް ދެރައެއް ނުދޭނެ ކަމަށް އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ޕްލޭމޭކަރު އެޑެން ހަޒާޑް ބުނެފި އެވެ.
ރެއާލުގެ ކޯޗު ޒިނެދިން ޒިދާން އެންމެ ޝައުގުވެރިވާ އެއް ކުޅުންތެރިއަކީ އުމުރުން 26 އަހަރުގެ ހަޒާޑް ކަމަށާއި އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރާއިރު އޭނާ އެ ކްލަބަށް ގެންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަޖް އަތުން 4-0 އިން މޮޅުވި މެޗަށް ފަހު ހަޒާޑް ބުނީ މި ވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ޗެލްސީ އަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.
"އެންމެނަށް ވެސް އެނގޭ އަހަރެން ރެއާލަށް ޝައުގުވެރިވާކަން. އެކަމަކު މިހާރު އަހަންނަކީ ޗެލްސީ ކުޅުންތެރިއެއް. އަހަރެން ޗެލްސީ އަށް ގައްދާރެއް ނުވާނަން. އަހަރެން ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެންމެ ފުރަތަމަ އެކަން އަންގާނީ ކްލަބަށް. އެއީ މި ކްލަބަށް ދެރައެއް ދޭން އަހަރެން ބޭނުމެއް ނޫން،" ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ މީޑިއާގައި ދައްކާ ވާހަކަތަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.
"ލިއްލޭގައި އަހަރެން ހުރިއިރު މީޑިއާ އިން އަޑުފެތުރީ އަހަރެން ޕީއެސްޖީއަށްދާ ކަމަށް. އެކަމަކު އަހަރެން މަޑުކުރިން. މިހާރު އަހަރެން ޗެލްސީގައި ހުއްޓައި އެންމެން ދައްކަނީ މެޑްރިޑްގެ ވާހަކަ. އެކަމަކު އަދިވެސް އަހަރެން މިހުރީ ޗެލްސީގައި،" ހަޒާޑް ބުންޏެވެ.
ފަހަކަށް އައިސް ޗެލްސީން ހަޒާޑް ބޭނުން ކުރަމުން އަންނަނީ ސެންޓަ މިޑްފީލްޑް ރޯލުގަ އެވެ. ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ބީޓީ ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓް ފްރޭންކް ލަމްޕާޑް ބުނީ ހަޒާޑަކީ ޕްލޭމޭކަރެއް ކަަމަށާއި އޭނާ ސެންޓްރަލް މިޑްފީލްޑަރެއްގެ ގޮތުގައި ބޭނުންކުރާނަމަ ޗެލްސީ އަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށެވެ.
އިނގިރޭސި ޕްރިިމިއާ ލީގުގައި ވެސް ރަނގަޅު ފޯމެއްގައި އޮތް ޗެލްސީ ދެން ކުޅޭ މެޗުގައި މާދަމާރޭ ރަށުން ބޭރުގައި ކުޅޭނީ ލިވަޕޫލާ އެވެ.
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!
ރެއާލަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
އަންނަ ހަފްތާގައި ހަޒާޑް ރެއާލަށް ބަދަލުވާނެ: ރިޕޯޓް
ހަޒާޑް މެޑްރިޑަށް ބަދަލުވުމާ ދާދި ގާތުގައި
"މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމައިފި"
ހަޒާޑްގެ ބަދަލުގައި ރެއާލުން ދެ ކުޅުންތެރިން ދެނީ
ރެއާލަށް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް: ހަޒާޑް
ހަޒާޑް ހޯދަން ރެއާލާއި ބާސެލޯނާ ގަދަހިފުމަކަށް
ހަޒާޑްގެ ހިތް އޮތީ މެޑްރިޑުގައި