ކޮލޯން، ޖަރުމަން (ނޮވެމްބަރު 24) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރަށުންބޭރުގައި ކޮލޯން އަތުން 1-0 އިން އާސެނަލް ބަލިވި ނަމަވެސް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ކޮލޯން، ޖަރުމަން (ނޮވެމްބަރު 24) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރަށުންބޭރުގައި ކޮލޯން އަތުން 1-0 އިން އާސެނަލް ބަލިވި ނަމަވެސް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
އާސެނަލަށް އެއް ވަނަ ކަށަވަރުވީ ރޭ ކުޅުނު މި ގްރޫޕުގެ އަނެއް މެޗުން ބާޓޭ ބޮރިސޯވާއި ރެޑް ސްޓާ ބެލްގްރޭޑް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. އާސެނަލަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބުނުއިރު، ރެޑް ސްޓާ އަދި ކޮލޯން އަށް ވަނީ ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބާޓޭ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
އާސެނަލް މި ފަހަރު ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ބޭނުން ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު ކުޅޭ މެޗުތަކުގައި ފުރުސަތު ނުލިބޭ ކުޅުންތެރިންނެވެ. ރޭގެ މެޗަކީ އާސެނަލް މި ފަހަރުގެ މުބާރާތުގައި ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކޮލޯނަށް ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން ސެެރޫ ހުއިރާސީ އެވެ.
ޔޫރޮޕާ ލީގުގައި ރޭ ވޭން ރޫނީގެ ކެޕްޓަން ކަމުގައި އެވަޓަން ކުޅުނު މެޗުގައި ވަނީ އިޓަލީގެ އެޓަލަންޓާ އަތުން 5-1 އިން ބަލިވެފަ އެވެ. މިއީ 1996 ވަނަ އަހަރަށް ފަހު އިނގިރޭސި ކްލަބެއް ޔޫރަޕުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.
މި މެޗުގައި އެވަޓަންގެ ލަނޑު ޖަހައިދިނީ ސަންޑްރޯ ރަމިރޭޒް އެވެ. އެޓަލަންޓާގެ ކްރިސްޓަންޓޭ އާއި އަންޑްރެއަސް ކޮނޭލިއަސް، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރި އަނެއް ލަނޑު ޖެހީ ރޮބިން ގޮސެން އެވެ.
މި މޮޅާ އެކު އެޓަލަންޓާ ވަނީ މުބާރާތުގެ ދެ ވަަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަދި މި ގްރޫޕްގެ އަނެއް ޖާގަ ލިޔޯނުން ހޯދީ ރޭ 4-0 އިން އަޕޯލޯ ލިމަސޯލް ބަލިކުރުމަށް ފަހު އެވެ. ގްރޫޕް އީގެ އެއް ވަނައިގައި އޮތް އެޓަލަންޓާ އާއި ދެ ވަަނައިގައި އޮތް ލިޔޯނަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އަޕޯލޯ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެވަޓަން އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.
ބާކީ އެއް މެޗު އެއްވައި ދެން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ޓީމުތަކަކީ ވިޔަރެއާލް، ޕާޓިޒަން، ޑިނަމޯ ކިއޭވް، އޭސީ މިލާން، ސްޓެއުއާ ބުކަރެސްޓީ، ވިކްޓޯރިއާ ޕްލެޒެން، ރެޑްބުލް ސަލްޒްބާގް، އޮސްޓާސަންޑް، ލާޒިއޯ، ނީސް، ޒެނިޓު އަދި ރެއާލް ސޮސިއެޑާޑް އެވެ.
އާސެނަލް ދެ ވަނަ ބުރަށް، އެވަޓަން ކަޓައިފި
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން އަށް ޕޮއިންޓެއް
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން ބަލިވެއްޖެ
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
އާ ކޯޗާ އެކު އެވަޓަން އިން އާސެނަލް ބަލިކޮށްފި
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އާ ފެށުމަކުން ފަށަން ޖެހޭ: އާޓެޓާ