Roadha Mihaaru
އެސްއެމްއީ ފޯރަމް ކުޅުދުއްފުށީގައި ފަށައިފި

އެސްއެމްއީ ފޯރަމް ކުޅުދުއްފުށީގައި ފަށައިފި

25 ނޮވެމްބަރ 2017

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ ތިންވަނަ ފޯރަމް އިކޮނޮމިކް މިނިސްޓްރީން ހދ. ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ ތިންވަނަ ފޯރަމް އިކޮނޮމިކް މިނިސްޓްރީން ހދ. ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.

"އެސްއެމްއީ ފައިނޭންޝަލް ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ފޯރަމަކީ، ރާއްޖޭގެ ހަ ސަރަހައްދެއްގައި އިނޮކޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ބިޒްނެސް ސެކްޓާތައް މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުސަތުތަކާއި ފައިސާ ހޯދޭނެ ގޮތްތައް ކިޔައި ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ފުރަތަމަ ފޯރަމް ސ. ގަމުގައި ބާއްވާފައިވާއިރު ދެ ވަނަ ފޯރަމް އޮތީ މ. މުލަކުގަ އެވެ.

އުތުރުގެ ތިން އަތޮޅަށް އަމާޒުކޮށް އެއް ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެސްއެމްއީ ފައިނޭޝަލް ފޯރަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް "މިހާރު" އަށް މިއަދު ވިދާޅުވީ ވިޔަފާރީގެ ތަފާސްހިސާބު ބެލެހެއްޓުމާއި ލޯންތައް ހޯދުމަށް މަސައްކަތް ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެ ކަމަށެވެ.

"ރަނގަޅަށް ކުރާ ވިޔަފާރިތަކުގައި ވެސް ތަފާސްހިސާބު ނުބެލެހެއްޓި ހުންނަކަން ފާހަގަކުރެވޭ. މި ފޯރަމްގައި އެ ކަންކަމަށް ހޭލުންތެރި ކުރާނެ،" ތައުފީގް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިއަށް ގެންދާ އެސްއެމްއީ ފައިނޭންޝަލް ފޯރަމްގެ ބައިވެރިން.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކުޅުދުއްފުށީގައި މިއަދު ކުރިއަށް ގެންދާ އެސްއެމްއީ ފައިނޭންޝަލް ފޯރަމްގެ ބައިވެރިން.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި އަތޮޅުތަކަށް އަމާޒުކޮށްގެން އެސްއެމްއީ ފައިނޭޝަލް ފޯރަމް މިހާތަނަށް ބާއްވާފައިވާއިރު، ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެ އަށް އަމާޒުކޮށް ފޯރަމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އާއި ބީއެމްއެލްގެ އިތުރުން އިސްލާމިކް ބޭންކުން އެ ފޯރަމްގައި ބައިވެރިވެރިވެ، އެބެންކުތައް މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ބުނެދިނުމަށް ނިންމާފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.