ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ގދ. ތިނަދޫގައި މިރޭ ބާއްވާ ޖަލްސާ އަކީ މާލެ ފިޔަވައި އެހެން ރަށެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ފެންނާނެ ޖަލްސާއަކަށް ވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
25 ނޮވެމްބަރ 2017
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ގދ. ތިނަދޫގައި މިރޭ ބާއްވާ ޖަލްސާ އަކީ މާލެ ފިޔަވައި އެހެން ރަށެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ފެންނާނެ ޖަލްސާއަކަށް ވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި ތިނަދު އަށް އުފަން ނިހާން ވިދާޅުވީ ޕީޕީއެމުން އެ ރަށުގައި ބާއްވާ ޖަލްސާގައި، އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް ވުރެ މާގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ނިހާން އަންދާޒާ ކުރައްވާ ގޮތުގައި މިރޭގެ ޖަލްސާގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
"މިއީ ރާއްޖޭގެ އެއް ރަށެއްގައި ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވެގެން ދާނެ. ގިނަ އަދަދެއްގެ ބަޔަކު ތިނަދޫ އިން ޖަލްސާ އަށް ދާނެ. ފަހަރެއްގަ ކައިރި ރަށްރަށުން ވެސް މީހުން އަތުވެދާނެ،" މިވަގުތު ތިނަދޫގައި ހުންނެވި ނިހާން ވިދާޅުވި އެވެ.
ޕީޕީއެމުން ތިނަދޫގައި އިއްޔެ ބޭއްވި ސައިކަލް ބުރުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
ނިހާން ވިދާޅުވި ގޮތުގައި، ތިނަދޫ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީން ގެންނަމުން އަންނަ ތަރައްގީއާ އެކު ކަން މިރޭ އެނގޭނެ އެވެ. އަދި ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ތިނަދޫގެ ގޭގެ އަށް ވަކިވަކިން ޒިޔާރަތްކޮށް ޖަލްސާ އަށް މީހުން ދާނެ ފުރަތަމަ ފަހަރު ކަމަށް ވާނެ ކަމަށެވެ.
ޕީޕީއެމުން ތިނަދޫގައި މިރޭ ޖަލްސާއެއް މި ބާއްވަނީ، ތިނަދު އަށް އިސްކަން ދެއްވައިގެން ރައީސް ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ، ނިހާން ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ.
ޕީޕީއެމްގެ "ރުމާލު 2" ގައި މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި ނިހާން ދެއްކެވި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ހޫނު ރައްދެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދީފަ އެވެ.
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ނިހާން ވިދާޅުވީ "ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް
"މޮޔައަކަށް ވުރެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު"
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން
ގާސިމްގެ ވާހަކައަކީ ވެރިކަން ވައްޓާލުމުގެ އިއުތިރާފެއް