Roadha Mihaaru
ސާކްގެ މޮޅު ބަތަލާގެ މަގާމު ރިޝްމީ އަށް

ސާކް ފިލްމް ފެސްޓިވަލް 2017: އެންމެ މޮޅު ބަތަލާ ރިޝްމީ

25 ނޮވެމްބަރ 2017

ސްރީ ލަންކާގައި ބޭއްވި މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ހޮވިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކާގައި ބޭއްވި މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ހޮވިއްޖެ އެވެ.

ކޮލޮމްބޯގައި މި މަހުގެ 21-25 އަށް ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީ އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ ރާއްޖޭން މި ފަހަރު ފެސްޓިވަލްގައި ވާދަ ކުރި ހަމައެކަނި ފިލްމް "ވިޝްކާ" އިންނެވެ. މި ފިލްމަކީ ރިޝްމީ ޕްރޮޑިއުސްކޮށް، ޓައިޓްލް ރޯލް ކުޅުނު ފިލްމެކެވެ.

އޭނާގެ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަނުން މާޗް 8، 2017 ގައި ރިލީޒް ކުރި "ވިޝްކާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓް ކުރި ކްރައިމް ތުރިލާއެކެވެ. ފިލްމްގެ ލިޑް ރޯލް ކުޅެފައި ވަނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ސަރަހައްދަކީ އެހެން ގައުމުތަކުން ފެސްޓިވަލަށް ހުށަހެޅި 16 ފީޗާ ފިލްމާ ވާދަކޮށް، ރިޝްމީ އެންމެ މޮޅު ބަތަލާގެ މަގާމު ދިފާއު ކުރުމަކީ ރާއްޖޭގެ ބަތަލާއަކަށް މިހާތަނަށް ބޭރުގެ ފެސްޓިވަލަކުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

"ވިޝްކާ" ގެ ޓީމަށް ސްކްރީން ރައިޓަރު މަހުދީ މަރުހަބާ ކިޔާފައި.

ދެހާސް ސާދަ ވަނަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ފިލްމް "އިނގިލި" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވަނީ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ހޯދައިފަ އެވެ. މީގެ އިތުރުން އެ އަހަރު "އިނގިލި" އަށް ވަނީ ބްރޯންޒް މެޑެލް ވެސް ލިބިފަ އެވެ. އަދި 2015 ގައި އަލީ ސީޒަންގެ "އިންސާނާ" ވެސް ބްރޯންޒް މެޑެލް ލިބިފައިވެ އެވެ.

ރިޝްމީ މިއަދު ބުނީ ސާކް ފިލްމް ފެސްޓިވަލްގައި މި މަހުގެ 23 ވަނަ ދުވަހު "ވިޝްކާ" ޕްރިމިއާ ކުރުމުން، ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ލިބުނު ކަމަށާއި އެންމެ މޮޅު ބަތަލާ އަށް އުންމީދު ވެސް ބޮޑުވި ކަމަށެވެ.

ރިޝްމީ ބަތަލާގެ ރޯލް ކުޅެ، ރަވީ ޑައިރެކްޓް ކުރި ފިލްމެއް މިދިޔަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަ ކުރި އެވެ. އެއީ ސައިކޮލޮޖިކަލް ތުރިލާ "މިކޮއެ ބައްޕަ ބައޭބައޭ" އެވެ. އެކަމަކު އެ އަހަރު ފެސްޓިވަލް ނިންމާލައި އެނބުރި އަންނަން ޖެހުނީ ހުސް އަތާ އެވެ.

ނަމަވެސް ރިޝްމީ މި އަހަރު ހޯދި ކާމިޔާބީވެގެން ދާނީ ރާއްޖޭގެ ފިލްމީ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ އަހަރަކަށެވެ. ރިޝްމީ ހޯދި ކާމިޔާބީ އަށް މަރުހަބާ އެވެ. އޭނާ ހޯދި ކާމިޔާބީއާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ރިޝްމީ އަށް މަރުހަބާ ވެސް ކިޔަމުންނެވެ.

މިދިޔަ މާޗް 8 ގައި ޝްވެކް ސިނަމާގައި ޕްރިމިއާ ކުރި "ވިޝްކާ" ގެ ޝޯތަކެއް އޮލިމްޕަހުގައި ދައްކަން ނިންމައި މިހާރު އަންނަނީ ޓިކެޓް ވެސް ވިއްކަމުންނެވެ.