ޕެރިސް، ފްރާންސް (ނޮވެމްބަރު 27) - އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަތުން 2-1 އިން މޮޅުވުމުން ޕީއެސްޖީގެ މިހާރުގެ ފެންވަރު ދައްކާލެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ޕެރިސް، ފްރާންސް (ނޮވެމްބަރު 27) - އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަތުން 2-1 އިން މޮޅުވުމުން ޕީއެސްޖީގެ މިހާރުގެ ފެންވަރު ދައްކާލެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ރޭގެ މެޗުން މޮޅުވެ ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިޔޯނާއި ތިން ވަނައިގައި އޮތް މޮނާކޯ އަށް 14 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.
ރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއާއީގެ ފޯވާޑް އެޑިސަން ކަވާނީ އެވެ. ދެ ވަނަ ހާފުގައި ނޭމާގެ ޕެނަލްޓީން ޕީއެސްޖީ ލީޑު ފުޅާކޮށްފައިވަނިކޮށް މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް މޮނާކޯގެ ލަނޑު ޖެހީ ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އެވެ.
އެމެރީ ބުނީ މިއީ ޕީއެސްޖީ އަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި މޮޅެއް ކަމަށެވެ.
"ޕީއެސްޖީ ސަޕޯޓަރުން ހަނދާނުގައި ހުންނާނެ މިދިޔަ ސީޒަނުގައި މޮނާކޯ އިން އަހަރެމެންނަށް ހެދި ގޮތް. އެހެންވެ އަހަރެމެން ވަރަށް ބޭނުންވި މި މޮޅު. ޗެމްޕިއަންގެ ދަނޑުގައި އަހަރަމެން މޮޅުވުން މި ޓީމުގެ މިހާރުގެ ފެންވަރު ދައްކާލެވިއްޖެ،" ކުރިން ސެވިއްޔާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ޒުވާން ވިންގް ކިލިއަން އެމްބާޕޭ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މޮނާކޯ ދޫކޮށް މި ފަހަރު ޕީއެސްޖީއާ ގުޅުނު އެމްބާޕޭ ވަނީ މީގެ ކުރިން ކުޅުނު ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި ގޯލު ވެސް ޖަހައިފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ލަނޑު ޖަހަން އޭނާ އަށް ލިބުނު ގިނަ ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ.
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް
މޮނާކޯ އިން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި
އޮންރީ އަށް އެންމެ ފަހުން މޮޅެއް
ޕީއެސްޖީ އަތުން ބަލިވެ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު
ޕީއެސްޖީއާ އެއްވަރުކޮށް މޮނާކޯ އެއް ވަނަ އަށް
ޕީއެސްޖީން ފުރުސަތު ނަގާލުމުން މޮނާކޯ އެއް ވަނަ އަށް
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!