ޕެރިސް (ޑިސެމްބަރު 4) - ފްރާންސް ލީގުގައި ރޭ މޮންޓެޕިއޭ އަތުން 3-0 އިން ބަލިވެ ޕީއެސްޖީން ފުރުސަތު ނަގާލުމުން ބަސްޓިއާ އަތުން 5-0 އިން މޮޅުވެ މޮނާކޯ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
04 ޑިސެމްބަރ 2016
ޕެރިސް (ޑިސެމްބަރު 4) - ފްރާންސް ލީގުގައި ރޭ މޮންޓެޕިއޭ އަތުން 3-0 އިން ބަލިވެ ޕީއެސްޖީން ފުރުސަތު ނަގާލުމުން ބަސްޓިއާ އަތުން 5-0 އިން މޮޅުވެ މޮނާކޯ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގު އެއް ވަނައިގައި މޮނާކޯ އޮތީ ދެ ވަނައިގައި އޮތް ނީސްއާ އެއްވަރަށް 36 ޕޮއިންޓާ ހޯދި ނަމަވެސް ފައިދާ ލަނޑުން އެ ޓީމަށް ކުރިލިބޭތީ އެވެ. އެހެން ނަމަވެސް ލީގުގައި މިރޭ ޓުލޫސް އަތުން ނީސް މޮޅުވެއްޖެނަމަ އަލުން އެ ޓީމަށް އެއް ވަނަ ލިބޭނެ އެވެ. ޕީއެސްޖީ ތިން ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ.
މޮނާކޯގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަޑަމެލް ފަލްކާއޯ އެވެ. އަނެއް ލަނޑުތައް ކާމިޔާބުކުރީ ތޯމަސް ލެމާ އާއި ކިލިއަން ލޮޓިން އަދި މާސެލޯ ކަރީއޯ އެވެ.
ރޭ މޮންޓެޕިއޭ އަތުން ބަލިވުމުން ޕީއެސްޖީން ދަަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ. ރޭގެ މެޗުގެ ކުރިން ޕީއެސްޖީން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗަކީ 2011-2012 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ފާއިތުވި ދެ އަހަރުތެރޭ ލީގުގައި ޕީއެސްޖީ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.
އުނާއި އެމެރީގެ ކޯޗުކަމުގެ ދަށުން މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީ ވަނީ ލީގުގައި އެކަނިވެސް ތިން މެޗުން ބަލިވެފަ އެވެ.
ޕީއެސްޖީ ކޮޅަށް މޮންޓެޕިއޭގެ ލަނޑުތައް ކާމިޔާބުކުރީ ބަސްޓިއަން ލާސްނޭ އާއި އެލްޔެސް ސްކީރީ އަދި ރިޔާދް ބުޑެބޫޒް އެވެ.
ޕީއެސްޖީގެ ކޯޗު އެމެރީ ބުނީ އެހެން އަހަރުތަކާ ހިލާފަށް މި ސީޒަނުގައި ފްރާންސް ލީގު ވަރަށް ވާދަވެރި ކަމަށާއި ވާދަވެރި ޓީމުތަކުގެ ފަރާތުން ވަރަށް ބޮޑެތި ކުރިއެރުން ފެންނަ ކަމަށެވެ.
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް
މޮނާކޯ އިން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި
އޮންރީ އަށް އެންމެ ފަހުން މޮޅެއް
ޕީއެސްޖީ އަތުން ބަލިވެ އޮންރީ އަށް ޕްރެޝަރު ބޮޑުވެއްޖެ
ޕީއެސްޖީގެ ފެންވަރު ދައްކާލެވިއްޖެ: އެމެރީ
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު
ޕީއެސްޖީއާ އެއްވަރުކޮށް މޮނާކޯ އެއް ވަނަ އަށް
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!