Roadha Mihaaru
ބަންގްލަދޭޝް ބަލިކޮށް ބާސްކެޓް ޓީމަށް ކާމިޔާބު ފެށުމެއް

ބަންގްލަދޭޝް ބަލިކޮށް ބާސްކެޓްބޯޅަ ޓީމަށް ކާމިޔާބު ފެށުމެއް

07 ޖުލައި 2016

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އިން ބާއްވާ އޭޝިއާ ޗެލެންޖުގެ ކޮލިފައިންގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން މިއަދު މޮޅުވެއްޖެ އެވެ. އިންޑިއާގެ ބެންގަލޫރުގައި ކުޅެ ބަންގްލަދޭޝް އަތުން 68-50 ޕޮޮއިންޓުން މޮޅުވިއިރު މިއީ ރާއްޖޭގެ ބާސްކެޓްބޯޅަ ތާރީހުގައި ބަންގްލަދޭޝް އަތުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގައި ރާއްޖޭގެ އަހުމަދު ޒަބީރާއި އަހުމަދު އަފްސަން ރަޝާދު، ކޮންމެ ކުޅުންތެރިޔަކު ވަނީ 14 ޕޮއިންޓް އެއްކޮށްދީފަ އެވެ.

ކޮލިފައިންގައި ދެން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަދި ނޭޕާލެވެ. މި ދެ ޓީމުގެ މެޗު 81-53 ޕޮއިންޓުން ކާމިޔާބުކުރީ ގަދަފަދަ އިންޑިއާ އެވެ. ކޮލިފައިން ކުރިއަށްދާނީ ލީގު އުސޫލުން ތިން ދުވަހުގެ މުއްދަތަކަށެވެ. މި ބުރުން ކޮލިފައިވާ ޓީމުތަކަށް ސެޕްޓެމްބަރު މަހު އީރާނުގައި ބާއްވާ އޭޝިއާ ޗެލެންޖަށް ކޮލިފައިވާނެ އެވެ. އެ މުބާރާތުން ކޮލިފައިވާ ޓީމުތަކަށް އަންނަ އަހަރު ބާއްވާ ފީބާ އޭޝިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކޯޗު ޕިޕްލޮވިޗް އިރުޝާދު ދެނީ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކޯޗު ޕިޕްލޮވިޗް އިރުޝާދު ދެނީ.

މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދެނީ ސާބިއާގެ މާކޯ ޕިޕްލޮވިޗެވެ. ގައުމީ ޓީމަށް ހަމަޖެއްސި ޔޫރަޕުގެ ފުރަތަމަ ކޯޗު ޕިޕްލޮވިޗް ވަނީ ކުރިން ހަރިކޭނަށް ކުޅެ އަދި ރެޑްލައިނަށް ކޯޗުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭއިރު، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރެޑްލައިން ކްލަބުގެ މުހައްމަދު ޒިލާލެވެ. ވައިސް ކެޕްޓަނަކީ ޓީރެކްސް ބީސީގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ.