މެންޗެސްޓާ (ޑިސެމްބަރު 3) - ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 3) - ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.
ލީގުގެ އެއް ސީޒަނެއްގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެ ރެކޯޑެއް ހަދާފައި އޮތީ ކުރިން އިނގިރޭސި ފުރަތަމަ ޑިވިޝަންގައި ޕްރެސްޓަން އާއި ސަންޑަލެންޑް އަދި ޕްރިމިއާ ލީގުގައި އާސެނަލާއި ޗެލްސީންނެވެ. މިރޭ ސިޓީ މޮޅުވުމާ އެކު އެ ރެކޯޑާ ހަމަވީ އެވެ. އަންނަ ހަފްތާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެގެން ސިޓީ އަށް އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހެދުމުގެ ފުރުސަތު އެބައޮތެވެ.
ސިޓީން ވަނީ މި މެޗުން މޮޅުވެ ޖެހިޖެހިގެން 20 މެޗުން މޮޅުވެ އެ ކްލަބުގެ އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ސިޓީ ވަނީ މިރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އަލުން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 15 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ލީގުގެ 19 ވަނައިގައި އޮތް ވެސްޓް ހޭމަށް 15 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
މިރޭގެ މެޗުގައި ސިޓީ ހާސްކޮށްލުމަށް ފަހު ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ވެސްޓް ހޭމަށް ލީޑުނަގައިދިނީ އެންޖެލޯ އޮގްބޯނާ އެވެ. އޭނާ މި ލަނޑު ޖެހީ އާރޮން ކްރެސްވެލް ނަގައިދިން ބޯޅަ އަކުން ބޮލުންނެވެ.
ސިޓީ އަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ސިޓީ މޮޅުކޮށްދިނީ ދާދި ފަހުން ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރި ސްޕެއިނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.
ނަތީޖާ ހަމަހަމަ ކުރަން މެޗުގެ އިތުރު ވަގުުތުގައި ވެސްޓް ހޭމްގެ ޑިއަފްރޭ ސަކޯ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އަރިމަތިން މާކޯ އާނައުޓޮވިޗް ދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ ސަކޯ ފޮނުވާލުމުން ދިޔައީ ބޭރަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އެންމެ ފަހު ވަގުތު ލަނޑު ޖަހައިގެން މޮޅުވެފައި ހުރުމުން އެ އިތުބާރު މިރޭގެ މެޗުގައި ވެސް އޮތް ކަމަށެވެ.
"އަނެއްކާ ވެސް މި ފެނުނީ އެއް ކަމެއް ތަކުރާރުވިތަން. އިދިކޮޅު ޓީމުން ޑިފެންސިވް ކުޅުމެއް މި ކުޅުނީ. އަހަރެމެން މި ޖެހުނީ ފަހަތުން އަރައި މޮޅުވާން. ކުރިން މެޗުތަކުގައި ވެސް މޮޅުވެވިފައި ހުރުމުން މި މެޗުގައި ވެސް އުއްމީދު އޮތް،" ގާޑިއޯލާ ބުންޏެވެ.
ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ގޯސްކޮށް ދިޔައީ ހަމައެކަނި ނަތީޖާ ކަމަށާއި އެހެން ހުރިހާ ކަމަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މެޗުން ގިނަ ރަނގަޅު ކަންތައްތަކެއް ފެނިގެންދިއުމަކީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ބުންޏެވެ.
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޑެކްލަން ރައިސް ހޯދަން ސިޓީން ބޮޑު އަގެއް ހުށަހަޅައިފި
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ އަށް ރަނގަޅު ފެށުމެއް
ޕެނަލްޓީ ނާކާމިޔާބުވެ، ސިޓީ އާއި ވެސްޓް ހޭމް އެއްވަރު
ސިޓީ ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސްލީގާ ގާތަށް
ސިޓީ އަށް ޖެހިޖެހިގެން 20 ވަނަ މޮޅު
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަށް މޮޅެއް