Roadha Mihaaru
ޗެމްޕިއަން މިސްކިތްމަގު ބަލިނުވެ ލީގު ނިންމާލައިފި

ޗެމްޕިއަން މިސްކިތްމަގު ބަލިނުވެ ލީގު ނިންމާލައިފި

09 ޑިސެމްބަރ 2017

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ޗެމްޕިއަންކަން ޔަގީންވެފައި އޮތް ޏ. ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ހޯދި މޮޅާ އެކު ބަލިނުވެ ލީގު ނިންމާލައިފި އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ޗެމްޕިއަންކަން ޔަގީންވެފައި އޮތް ޏ. ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ހޯދި މޮޅާ އެކު ބަލިނުވެ ލީގު ނިންމާލައިފި އެވެ.

މިސްކިތްމަގަށް ލީގު ޔަގީންވީ ބުރާސްފަތި ދުވަހުގެރޭ މޯލްޑިވިއަން ކުޅުނު މެޗުން ޕޮލިސް އަތުން ބަލިވުމުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުގައި މާ ބޮޑު ވާދަވެރި ކުޅުމެއް ނުފެނެ އެވެ. މިސްކިތްމަަގަށް ލީގު ޗެމްޕިއަންކަން ޔަގީންވެފައި އޮތުމުން މޯލްޑިވިއަންގެ ފަރާތުން މެޗުން މޮޅުވުމުގެ ހިތްރަވެއް ވެސް ނުފެނެ އެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތްމަގު ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-12 އަދި 25-11 އިންނެވެ.

މިއަދުގެ މެޗުގައި މިސްކިތްމަަގަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ ނޭޕާލްގެ ކުޅުންތެރިއާ ޕްރަތީބާ މާލީ އެވެ. އޭނާ ވަނީ މި މެޗުގެ މުހިއްމު ވަގުތުތަކުގައި މުހިއްމު ޕޮއިންޓްތަކެއް ޓީމަށް ހޯދައިދީފަ އެވެ. މީގެ އިތުރުން އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ ޖޫޒަން ޒަރީރު ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިއާ ނިރްމަލާ ވެސް ވަނީ އެހެން މެޗުތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި ރަނގަޅަށް ކުޅެފަ އެވެ.

ޕޮލިހާއި މިސްކިތްމަގު މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިހާއި މިސްކިތްމަގު މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮއިންޓް ޓޭބަލް:

މިސްކިތްމަގު އެކުވެރިންގެ ގުޅުން - 12 ޕޮއިންޓް

ޕޮލިސް ކްލަބް - 4 ޕޮއިންޓް

މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް - 2 ޕޮއިންޓް

މި މެޗަަށް ފަހު ޗެމްޕިއަންކަން ދިޔަ މިސްކިތްމަގަށް ތަށި ހަވާލުކޮށްފައެއް ނުވެ އެވެ. އަދި މުބާރާތުގެ ވަނަ ތަކަށް ދިޔަ ކުޅުންތެރިން ވެސް ހޮވުން އޮންނާނީ ހޯމަ ދުވަހުގެރޭ ފިރިހެން ޑިވިޝަންގެ ލީގު ފަހު މެޗަށް ފަހު އެވެ.

އަންހެން ޑިވިޝަންގައި ދެން އޮންނާނީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ ފުރަަތަމަ ސެމީގައި އަންނަ އަންގާރަ ދުވަހުގެރޭ މިސްކިތްމަގު ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީގައި މޯލްޑިވިއަންއާ ކުޅޭށެވެ.