Roadha Mihaaru
އީރާނުން ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު ވިއްކާ

މެދުއިރުމަތީގެ ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު ވިއްކަނީ އީރާން؛ ޓިލަސަން

14 ޑިސެމްބަރ 2017

މެދުއިރުމަތީގެ ޓެރަރިސްޓް ޖަމާއަތްތަކާ އެކު އީރާނުން ހަތިޔާރުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މެދުއިރުމަތީގެ ޓެރަރިސްޓް ޖަމާއަތްތަކާ އެކު އީރާނުން ހަތިޔާރުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ބަޔާނެއްގައި ޓިލަސަން ވިދާޅުވީ އީރާނުން ގެންގުޅެނީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލައި ފަނާކުރުމުގެ ސިޔާސަތެއް ކަމަށެވެ. އަދި މެދުއިރުމަތީގެ ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރު ދެމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އީރާންގެ ހަމައެކަނި އަމާޒަކީ އެ ސަރަހައްދުގެ ހަމަޖެހުން ނަގައިލުން. އެ ސަރަހައްދުގެ ގިނަ ހަމަނުޖެހުންތައް ހިނގަމުން އެ ދަނީ އީރާންގެ ބައިވެރިވުމުގެ ސަބަބުން. އެ ސަރަހައްދުގަޔާއި ޔޫރަޕްގައި ތިބި އަހަރެމެންގެ ބައިވެރިންނާ އެކުގައި އަހަރެމެން ބޭނުންވަނީ އީރާންގެ އެ އަމަލުތަކަށް އީރާން ޒިންމާދާރު ކުރުވަން،" ޓިލަސަންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުގައި އީރާންގެ އެ ފަދަ އަމަލުތައް ހުއްޓުވުމަށް އެމެރިކާ އިން އެކަނި ވެސް މިހާރު ވާނީ އީރާންގެ ވަކިވަކި ބައެއް ފަރުދުންނާއި އީރާންގެ ބައެއް ކުންފުނިތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. އަދި ވިލާތުގެ ގައުމުތައް ވެސް އީރާންގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށާއި އީރާންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ވިލާތުގެ ގައުމުތައް ވެސް ގަބޫލުކުރާ ކަމަށް އެބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އީރާނާ އެކު ހަދާފައިވާ ނިއުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި ވަރަށް ދޯދިޔާ ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން އެމެރިކާ މިހާރު ބޭނުންވަނީ އެ އެއްބަސްވުން އަލުން މުރާޖައާ ކުރަން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.