Roadha Mihaaru
އެންއައިސީއަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން

އެންއައިސީ އަށް އައްޔަންކުރަން 17 ބޭފުޅެއްގެ ނަން މަޖިލީހަށް

12 އޯގަސްޓް 2020

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެންއައިސީގެ ގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ އެ ކޮމިޝަންގެ ތިން މެމްބަރަކު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ ހަތަރު މެމްބަރަކު ޒިންމާ އަދާނުކުރައްވާ ކަމަށް ނިންމައި އެ ބޭފުޅުން މަގާމުން ވަކިކުރަން ރައީސަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކުރުމާ އެކުގަ އެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވުމުން އެންއައިސީން ހުސްވި ތިން މަގާމަށް އައްޔަންކުރަން 17 ބޭފުޅެއްގެ ނަން ރައީސް މަޖިިލީހަށް ފޮނުއްވުމުން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.

އެންއައިސީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ އެއް މަގާމެއް ހުސްވެފައިވާތީ އާއި އިތުރު ތިން މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން އަށް ބޭފުޅެއްގެ ނަން ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެ މައްސަލަ މަޖިލީހުުގެ އިގްތިސާދީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

އެންއައިސީގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވެސް ދާދިފަހުން ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ. އެންއައިސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރެވޭނީ ރައީސަށެވެ.