ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި ރެޒިޑެންޝަލް ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
30 ޑިސެމްބަރ 2017
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި ރެޒިޑެންޝަލް ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 14 ބުރީގެ ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏާއެކު ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ އަގެއް އަދި މަސައްކަތް ފަށާނެ ދުވަހެއް އެމްޕީއެލްއަކުން ނުބުނެ އެވެ.
ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ހިންގާ ކުންފުނިން ބުނީ، ހުޅުމާލޭގައި އަޅަން ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓްތަކެއް ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުންޏަކީ އެމްޕީއެލް. ހިޔާ ޕްރޮގްރާމަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ އިތުރުން އެމްޓީސީސީން ވެސް ވަނީ 15 ބުރީގެ ދެ ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ދާދި ފަހުން ހަވާލުކޮށްފަ އެވެ.
ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ.
މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާ ފްލެޓްގެ ކުލި ކުޑަކުރަން ގޮވާލައި މުޒާހަރާކޮށްފި
ޕޮއިންޓު ދިން ގޮތް ގޯސް، އަލުން ބަލަން ޖެހޭ: ކޮމިޓީ
ފްލެޓު ނުލިބޭ މީހުންނަށް ހައްލު ހޯދައިދޭނެ: ރައީސް
ޝަކުވާތަކަށް ޖަވާބު ނުލިބޭ ނަމަ އަންގަން އެދިއްޖެ
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"