Roadha Mihaaru
އެނބޫދޫ ފަޅުގައި ހަދާ ފިހާރަތައް ކުއްޔަށްދޭން ފަށަނީ

އެނބޫދޫ ފަޅުގައި ތަރައްގީކުރާ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވާލަނީ

07 ޖެނުއަރީ 2018

މަތީ ފަންތީގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހިމެނޭ ގޮތަށް، ހިއްކައިގެން ތަރައްގީކުރާ ކ. އެނބޫދޫ ފަޅުގެ ބައެއް ވިޔަފާރިތައް ކުއްޔަށް ދޭން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަތީ ފަންތީގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހިމެނޭ ގޮތަށް، ހިއްކައިގެން ތަރައްގީކުރާ ކ. އެނބޫދޫ ފަޅުގެ ބައެއް ވިޔަފާރިތައް ކުއްޔަށް ދޭން ނިންމައިފި އެވެ.

އެނބުދޫ ފަޅު ތަރައްގީކުރާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރަތައް ކުއްޔަށްދޭން މި މަހު 17 ވަނަ ދުވަހު ހާއްސަ އިވެންޓެއް އާޓް ގެލަރީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

"މި އިވެންޓަށް އަޅުގަނޑުމެން ގެންނަން އިންޓަނޭޝަނަލް ޕާޓްނާސް. މި އިވެންޓްގެ ބޭނުމަކީ ދިވެހިންގެ ތެރެއިން މިކަމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެނބޫދޫ ފަޅުގައި ތަރައްގީކުރާ ރެސްޓޯރަންޓްތަކާއި ރީޓެއިލް ފިހާރަތަކަށް ގެންނަން ނިންމާފައި ވަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް ކަމަށެވެ.

އެނބޫދޫ ފަޅުގައި ގާތްގަނޑަކަށް 30 ވަރަކަށް ރެސްޓޯރަންޓް ހިމެނެ އެވެ. އޭގެ އިތުރުން ގިނަ އަދަދަކަށް ލައިފްސްޓައިލް ޝޮޕިން ބްރޭންޑްތައް ވެސް ހިމެނެ އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ "އެނބޫދޫ ލެގޫން" މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ. މި މަޝްރޫއު ހިންގަނީ ތައިލެންޑްގެ ސިންގަ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދާ "ހާޑްރޮކް ބްރޭންޑް"ގެ ރިސޯޓު މި އަހަރުގެ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.