Roadha Mihaaru
ޖަޕާނުން ހަތިޔާރު ނުއުފައްދަނީ ކީއްވެ؟

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދަނީ ކީއްވެ؟

13 ޖުލައި 2016

ތިޔަ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ދައްކަން ބޭނުން އެހެން ވާހަކައް އެބަ އޮތެވެ. ނިއުކްލިއާ ހަތިޔާރު ހުރީ އެމެރިކާ އާއި ޔޫރަޕުން ރުޅިއަރާ ގައުމުތަކުގަ އެވެ. އެ މީހުން ލޯބިވާ ގައުމެއްގައި ކިތަންމެ ބޮޑު ނިއުކްލިއާ ބޮމެއް އޮތަސް އެއީ ނެތް އެއްޗެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ތިޔަ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ދައްކަން ބޭނުން އެހެން ވާހަކައް އެބަ އޮތެވެ. ނިއުކްލިއާ ހަތިޔާރު ހުރީ އެމެރިކާ އާއި ޔޫރަޕުން ރުޅިއަރާ ގައުމުތަކުގަ އެވެ. އެ މީހުން ލޯބިވާ ގައުމެއްގައި ކިތަންމެ ބޮޑު ނިއުކްލިއާ ބޮމެއް އޮތަސް އެއީ ނެތް އެއްޗެކެވެ.

ރަޝިޔާގައި ނިއުކްލިއާ ހަތިޔާރު އެބަ ހުއްޓެވެ. ޗައިނާ އަދި ނޯތު ކޮރެއާގައި ވެސް އެބަ ހުއްޓެވެ. ޖަޕާން އަދި ސައުތު ކޮރެއާގައި ނެތެވެ. ހަމަ ނެތީ ހެއްޔެވެ؟ ބަލަމާ ހިނގާށެވެ.

ނިއުކްލިއާ ހަތިޔާރު ނޫނަސް ބާރުގަދަ ހަތިޔާރު އުފެއްދުމަކީ ޖަޕާނުގައި މަނާ ކަމެކެވެ. ގާނޫނާއި ގަވާއިދުތައް ހަދާފައި ހުރީ އެކަން މަނާވާ ގޮތަށެވެ. އެހެން ނަމަމެސް އެ މީހުންގެ އަމިއްލަ ދިފާއުގައި ބޭނުންކުރަން ވަކި ފެންވަރެއްގެ ހަތިޔާރު އުފައްދަ އެވެ. ގަންނަން ވެސް ގަނެ އެވެ. އެންމެ ގިނައިން ހަތިޔާރު ގަންނަނީ އެމެރިކާއިންނެވެ.

ޖަޕާނުގައި ބައިވަރު ނިއުކްލިއާ ރިއެކްޓަރުތައް އެބަ ހުއްޓެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދޭ ވަރަށް ވުރެ އެ ރިއެކްޓަރުތަކުގައި ބޭނުންކުރާ ޔުރޭނިއަމްގެ ފެންވަރު ދަށެވެ. ރިއެކްޓަރުތަކުގައި މައިގަނޑު ބޭނުމަކީ ހަކަތަ އުފެއްދުމެވެ.

ޖަޕާނުގެ އޮކިނަވާގައި މުޅި ޖަޕާނަށް ފުދި ބާކީވާ ވަރަށް އެމެރިކާ ސިފައިން އެބަ ތިއްބެވެ. އެ މީހުންގެ އަތުގައި ނެތް ހަތިޔާރެއް ދުނިޔޭގައި ނެތެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ޖަޕާނާއި އެމެރިކާއާ ވެފައި އޮންނަ އެއްބަސްވުންތަކެއްގެ ސަބަބުން، ޖަޕާން ދިފާއުކުރުމަކީ އެމެރިކާ އުފުލާ ޒިންމާއެކެވެ.

ނޯތު ކޮރެއާއާ އިންވެގެން އޮތް ސައުތު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު ނެތް ކަމަށް ބަލަން ވީ ހެއްޔެވެ؟ ނޯތު ކޮރެއާއިން ހީވަނީ ދެންމެ ދެންމެ ސައުތު ކޮރެއާ އަންދާލަފާނެހެންނެވެ. އެ ވަރުގެ ބިރުވެރި ގައުމެއް ކައިރީގައި އޮތްއިރު، އަރާފާނެ ހަމަލާއަކުން ރެކެވެން ނެތް ގައުމަކަށް ސައުތު ކޮރެއާ ވާނެހެއްޔެވެ؟

އެހެންކަމުން ބާރުގަދަ ހަތިޔާރު އުފެއްދުމަކީ ޖަޕާނަށް ބޭނުން ކަމެއް ނޫނެވެ. އެ މީހުންގެ މުޅި ފިކުރު އޮތީ ބާރުގަދަ އިގްތިސޯދެއް ބިނާކުރުމަށެވެ. އެހެން ނަމަވެސް ނިއުކްލިއާ ހަތިޔާރު އުފައްދަން ޖަޕާނުން ނިންމައިފި ނަމަ، ބާރު ގަދަ ހަތިޔާރު އަމިއްލަ އަށް އުފައްދަން ޒަމާންތަކެއް އެ މީހުން ނުނަގާނެ އެވެ.

އެ ސަރަހައްދުގައި ޗައިނާ އާއި ނޯތު ކޮރެއާ ކުޅޭ ރޯލާ މެދު ޖަޕާން ހިތްހަމައެއް ނުޖެހެ އެވެ. އެކަމުން ނިކުމެދާނެ ނަތީޖާ އަކީ ޖަޕާނުން އެމެރިކާ އަށް އޮތް ބަރޯސާ، އެއްބަސްވުންތަކަކުން ކުޑަކުރުމެވެ. ޖަޕާނުގެ ވެރިން މިހާރު ވެސް އެ ފިކުރު ގެންގުޅެ އެވެ. އަމިއްލަ އަށް ހަތިޔާރު އުފެއްދޭ ގޮތަށް ގާނޫނާއި ގަވާއިތުދައް ބަދަލުކުރުމަކީ ޖަޕާނުން ކޮށްފާނެ ކަމެއް ކަމަށް ބެލެވެ.

ނޯތު ކޮރެއާއާ އިންވެގެން އޮތް ސައުތު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު ނެތް ކަމަށް ބަލަން ވީ ހެއްޔެވެ؟ ނޯތު ކޮރެއާއިން ހީވަނީ ދެންމެ ދެންމެ ސައުތު ކޮރެއާ އަންދާލަފާނެހެންނެވެ. އެ ވަރުގެ ބިރުވެރި ގައުމެއް ކައިރީގައި އޮތްއިރު، އަރާފާނެ ހަމަލާއަކުން ރެކެވެން ނެތް ގައުމަކަށް ސައުތު ކޮރެއާ ވާނެހެއްޔެވެ؟

އެއާކްރާފްޓް ނެވިގޭޝަން އިކްއިޕްމަންޓެއްގެ ޓްރޭނިން އަށް ސައުތު ކޮރެއާ އަށް ކުރި ދަތުރެއްގައި، މިލިޓަރީ ޔުނިވާސީޓީއެއްގައި ކިޔަވައިދޭ ޕްރޮފެސަރަކާ ދިމާވި އެވެ. އެ ސަރަހައްދުގެ މަސްރަހު އޮތް ގޮތުން އޭނާއާ ސުވާލެއް ކުރީމެވެ. "ސައުތު ކޮރެއާގައި ނިއުކްލިއާ ހަކަތަ އުފައްދަން ހެއްޔެވެ؟" އޭނާ އެ ސުވާލަށް ޖަވާބެއް ނުދިނެވެ.

ސައުތު ކޮރެއާގައި މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު ރާއްޖެ އައުމަށްޓަކައި ޓާމިނަލަށް ދިޔައީ ވެސް އޭނާގެ ކާރުގަ އެވެ. ކާރުން ފައިބަން ދޮރު ހުޅުވާލިތަނުން އޭނާ އަހަންނަށް ގޮވާލި އެވެ. އަދި ބުންޏެވެ. ކުރި ސުވާލުގެ ޖަވާބަކީ އާނއެކެވެ. އެމެރިކާގެ އެހީތެރިކަމާ އެކު އެވެ.

އެމެރިކާ އަކީ ޖަޕާނާއި ސައުތު ކޮރެއާގެ ބޮޑު ބޭބެ އެވެ. އެމެރިކާއިން މިހާރު ވެސް ސައުތު ކޮރެއާ އަށް ހެޔޮ ކަމެއް ކޮށްދެނީ އެވެ. ނޯތު ކޮރެއާއިން ދީފާނެ ހަމަލާއަކުން ދިފާއުވުމަށްޓަކައި "ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް" ނުވަތަ "ތާޑް" ސިސްޓަމެއް ސައުތު ކޮރެއާގައި ގާއިމުކުރަނީ އެވެ. ޖަފާނަށް ވެސް އެކަމުން ފައިދާކުރާނެ އެވެ.

ޖަޕާނުން އަމިއްލަ އަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެޓޮމިކް ހަކަތަ އާއި ނިއުކްލިއާ ހަކަތައިގެ ނުރައްކާތެރިކަން ޖަޕާނަށް ވުރެ ބޮޑަށް އެހެން ބަޔަކަށް ތަޖުރިބާކުރެވިފައި ނެތެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނު މައިތިރުކުރުމަށް ހިރޯޝިމާ އާއި ނަގަސާކީ އަށް އެމެރިކާއިން އެޓޮމިކް ބޮން އެޅި އެވެ. ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓް ގޮވި ހާދިސާ އަކީ ވެސް ޖަޕާނަށް އަސަރުގަދަ ފިލާވަޅެކެވެ.