Roadha Mihaaru
އެމެރިކާގެ ކޯޓެއްގެ ތެރޭ ބަޑިޖަހާ ދެ މީހުން މަރާލައިފި

އެމެރިކާގެ ކޯޓެއްގެ ތެރޭ ގައިދީއަކު ބަޑިޖަހާ ސަލާމަތީ ދެ މީހުން މަރާލައިފި

12 ޖުލައި 2016

މިޝިގަން (ޖުލައި 12) - އެމެރިކާގެ މިޝިގަންގެ ކޯޓަކަށް ހާޒިރުކުރި ގައިދީއަކު ސަލާމަތީ އޮފިސަރެއްގެ ބަޑި ދަމައިގަތުމަށް ފަހު ހަމަލާދީ ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ދެ އޮފިސަރަކު މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިޝިގަން (ޖުލައި 12) - އެމެރިކާގެ މިޝިގަންގެ ކޯޓަކަށް ހާޒިރުކުރި ގައިދީއަކު ސަލާމަތީ އޮފިސަރެއްގެ ބަޑި ދަމައިގަތުމަށް ފަހު ހަމަލާދީ ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ދެ އޮފިސަރަކު މަރާލައިފި އެވެ.

މިޝިގަންގެ ސަލާމަތީ އޮފިސަރުންގެ ވެރިޔާ ޕޯލް ބެއިލީ ވިދާޅުވީ ބަޑީގެ ހަމަލާ ދިނުމާ އެކު ކޯޓުގައި ތިބި އެހެން މީހުން ވަނީ އަމިއްލަ އަށް ހިމާޔަތް ހޯދާފައި ކަމަށެވެ. އަދި އެހެން އޮފިސަރުން ހަމަލާދީ ވަނީ ގައިދީ މަރާލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޑީގެ ހަމަލާގައި ވަނީ ސަލާމަތީ އިތުރު ދެ އޮފިސަރަކު ޒަޚަމްވެފަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ބެއިލީ ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުކުރީ 44 އަހަރުގެ ގައިދީއެކެވެ އެވެ. އަދި އެއީ ކޮން ކުށެއްގައި ހާޒިރު ކުރި މީހެއް ކަމެއް ނޭނގެ އެވެ. ބެއިލީ ވިދާޅުވީ ގައިދީ ހުރީ ބިޑި އަޅުވާފައި ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ސަލަމާތީ އޮފިސަރެއްގެ ބަޑި އަތުލީ އޭނާ ފިލަން މަސައްކަތް ކުރަން އުޅުމުން އޮފިސަރުންނާ އެކު ހިނގި ކުރިމަތިލުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.