ހދ. ނޮޅިވަރަންފަރުގައި ފުޓުބޯޅަކުޅެން ހުރި ޒުވާނަކު، ކުޅެ ނިންމިތާ އިރުކޮޅެއްގެ ތެރޭގައި މެ އަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.
16 ޖެނުއަރީ 2018
ހދ. ނޮޅިވަރަންފަރުގައި ފުޓުބޯޅަކުޅެން ހުރި ޒުވާނަކު، ކުޅެ ނިންމިތާ އިރުކޮޅެއްގެ ތެރޭގައި މެ އަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.
ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ އައްބާސް މުހައްމަދުގެ ހާލު ސީރިއަސްވީ، އިއްޔެ ހަވީރު ރަހުމަތްތެރިންނާއެކު ފުޓުބޯޅަ ކުޅެ ނިންމައި ގެ އަށް ދިޔަ ތަނުންނެވެ. އޭނާ މަރުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ރޭ ދިހައެއް ޖަހާކަންހާއިރެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އެ ރަށު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ އައްބާސް އިއްޔެ ހަވީރު ކުޅެ ނިންމާފައި ސައިކަލުގައި ރަހުމަތްތެރިއަކު ގެއަށް ލާން ދިޔަ ކަމަށާއި މެޔަށް ތަދު އެރީ އެނބުރި ގެ އަށް އައި މަގުމަތީގައި ކަމަށް ބެލެވޭ ކަމަށެވެ.
"ކުޅެ ނިންމާފައި ބައިގަޑިއިރު ވެސް ނުވާނެ އޭނާގެ މެޔަށް ތަދު އަރައިގެން، އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެންގޮސްފި. އެކަމަކު އޭރު ހާލު ސީރިއަސްއެއް ނޫން. ވާހަކަ ވެސް ދައްކާ ހެދި،" ވަހީދު ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު ކައިރީގައި ބުނި މެޔަށާއި ބުރަކަށީގެ ތަންކޮޅަކަށް ތަދުވާ ކަމަށް. އެކަމަކު ވައިލެވޭ އިރަށް ތަދު ރަނގަޅުވާ ކަމަށް ވެސް ބުނި،"
ވަހީދު ވިދާޅުވީ އައްބާސްގެ ހާލު ފަހުން ސީރިއަސްވެ، ކުޅުދުއްފުއްޓަށް ގެންދަން ނިންމި އިރު އޭނާގެ ހަށިގަނޑު އެއްވެސް ވަރަކަށް ހަރަކާތް ނުކުރާ ކަމަށެވެ. ކައުންސިލުން ލަފާ ކުރާ ގޮތުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ކުޑަ ދެކުދިން ހުންނަ އައްބާސް ނޮޅިވަރަންފަރަށް ދިޔައީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު ޗުއްޓީ ދުވަހަކަށެވެ.
ކަސްރަތު ކުރަން ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން އައްޑޫގައި ވެސް މީގެ ކުރިން މީހަކު މަރުވެފައިވާ އިރު، ފުޓުބޯޅަ ކުޅެން ހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފަކު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަރުވެފަ އެވެ. އަދި ފުޓުބޯޅަ ކުޅެން ހުއްޓައި އުމުރުން 25 އަހަރުގެ ޒުވާނަކު ވެސް 2016 ވަނަ އަހަރު، ކ. ތުލުސްދޫގައި ވަނީ މަރުވެފަ އެވެ.
ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
4 ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހި، ދަރިފުޅާއެކު މަރު
އިންޒާރު: ކުއްލި މަރުތައް ގިނަވަނީ!
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
ސިޒޭރިއަނަށްފަހު ފަރުވާ ލަސްވެ ދެމައިން ނިޔާވެއްޖެ
ބޮލަށް ލިބުނު އަނިޔާގައި ލެޖެންޑް ގެރީ ޝޯ މަރުވެއްޖެ
ބަކާ: ރަން ޖީލުގެ މައި ތަނބެއް، ނަމޫނާ އެތުލީޓެއް
ރަލުގެ ސަބަބުން އަހަރަކު 2.6 މިލިއަން މަރު
ބަކާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު